ނަމާދުގެ މުހިންމުކަމާ ނަމާދު ކުރާނޭ ގޮތާ އަދި ނަމާދާ ގުޅުންހުރި އެހެނިހެން ބައެއް ޙުކުމްތަށް ކުދަކުދިންނާ އެކަށޭނެ ގޮތަށް ޝައުގުވެރިވާފަދަ ހަރަކާތް ތަކާއެކުގައި ޕީސް ފައުންޑޭޝަނުން ކުރިއަށްގެންދާ ސުޖޫދު ވޯކްޝޮޕް އަންނަ ހަފްތާ ބަންދުގައި މާޅޭގައި ބާއްވަން ނިންމައިފި އެވެ.
މިކަމާއި ބެހޭގޮތުން ދުވަހަށް މައުލޫމާތު ދެއްވަމުން އެޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޞަބާހް (ޗޭ) ވިދާޅުވީ ސުޖޫދު ވޯކްޝޮޕް މާލޭގައި ބާއްވަން ނިންމާފައިވަނީ މި މަހުގެ 20 ވާ ހުކުރު ދުވަހާއި 21 ވާ ހޮނިހިރު ދުވަހު އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށެވެ.
ޕީސް ފައުންޑޭޝަނުން ސުޖޫދު ވޯކްޝޮޕް މި މަހުގެ 13 އަދި 14ގައި ފުވައްމުލަކުގައި ކުރިއަށްގެންގޮސްފައިވެ އެވެ. އެ ވޯކްޝޮޕް އެ ފައުންޑޭޝަނުން ކާމިޔާބުކަމާއެކު ނިންމާލީ ބޮޑު ތަރުހީބަކާއެކު 122 ކުދިންގެ ބައިވެރިވުމާއިއެކުގައި އެވެ.
ޕީސް ފައުންޑޭޝަނުން މައުލޫމާތުދެއްވާގޮތުގައި މި ވޯރކްޝޮޕް ހުށަހަޅުއްވައި ދެއްވާނީ އޮސްޓްރޭލިއާގެ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިހް ނަސީމް އެވެ.
މި ވޯރކްޝޮޕްގައި ބައިވެރި ވުމުގެ ފީ އަކީ -/450ރ އެވެ.
މި ވޯކްޝޮޕްގައި ރެޖިސްޓްރީ ކުރުމަށް SUJ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް