ހއ. އަތޮޅުގައި ހިންގަމުން އަންނަ ހައިޑްއަވޭ ރިސޯޓްގައި ކަރަންޓީނުގައި ހުރި މީހަކު ހާލު ދެރަވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފިއެވެ.
އެ ހޮސްޕިޓަލުގެ އޮފިޝަލު ފޯނަށް ޖަވާބު ނުދެއްވާތީ މިކަމުގެ ތަފްސީލު ދުވަހަށް ވަނީ ލިބޭގޮތް ނުވެފައެވެ. ނަމަވެސް ކުޅުފުއްފުށި އޮންލައިންގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ މީހާއަކީ މާލެއިން އެ ރިސޯޓަށް ކަރަންޓީނަށް ގެންގޮސްފައި ހުރި މީހެކެވެ. އަދި އެމީހާ އެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމުގައިވެސް އެ ހޮސްޕިޓަލާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ.
އެ ނޫހުގައި ބުނެފައިވާގޮތުގައީ އެއީ ހދ. ވައިކަރަދުއަށް ނިސްބަތްވާ އުމުރުން 54 އަހަރުގެ އަންހެނެކެވެ. އަދި އޭނާ އެ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން އުނދަގޫ ވާތީ ކަމަށާއި އެމީހާ އެޑްމިޓް ކޮށްފައިވަނީ އެ ހޮސްޕިޓަލުގެ އައިސޮލޭޝަން ވޯޑުގައި ކަމަށްވެސް ބުނެފައިވެއެވެ. އަދި ކޯވިޑް 19 އަށް ޓެސްޓް ކުރާނެ ކަމަށްވެސް އެ ހޮސްޕިޓަލާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް