މިސްރުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީ އަވަހާރަވެއްޖެ

މިސްރުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީ އަވަހާރަވެއްޖެއެވެ. އެ ގައުމުގެ މީޑިޔާއިން ހާމަކޮށްފައިވާ ގޮތުގައި މުރުސީ އަވަހާރަވެފައިވަނީ މިއަދު ކޯޓުގައި އޮތް ޝަރީޢަތުގެ މަޖިލީހަކަށް ފަހުގައެވެ. މިސްރުގެ ...

17 Jun 2019 | 16:43

މިސްރުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީ އަވަހާރަވެއްޖެއެވެ. އެ ގައުމުގެ މީޑިޔާއިން ހާމަކޮށްފައިވާ ގޮތުގައި މުރުސީ އަވަހާރަވެފައިވަނީ މިއަދު ކޯޓުގައި އޮތް ޝަރީޢަތުގެ މަޖިލީހަކަށް ފަހުގައެވެ.

މިސްރުގެ ސްޓޭޓް ޓީވީން ބުނެފައިވާ ގޮތުގައި މިއަދު އޮތް ކޯޓު ސެޝަން އަކަށްފަހު، މުރުސީ އަނބުރައިގަތްއިރު، އޭގެ އިރުކޮޅެއް ފަހުން އޭނާ ވަނީ އަވަހާރަވެފައެވެ.

މުރުސީ އަކީ 2012 ވަނަ އަހަރު މިސްރުގައި އޮތް ޑިމޮކްރެޓިކް އިންތިހާބުން ރައީސްގެ މަގާމަށް އައި ބޭފުޅެކެވެ. މުރުސީ ވެރިކަމަށް އިންތިހާބުވީ 2011 ވަނަ އަހަރު އަރަބް ސްޕްރިންގ ގެ ނަމުގައި މަޝްހޫރުވި ހަރަކާތުގެ ތެރެއިން މިސްރުގައި ކުރިއަށް ދިޔަ ވަރުގަދަ މުޒާހަރާތަކަށްފަހު ހުސްނީ މުބާރަކުގެ 30 އަހަރުވީ ދިގު ވެރިކަން ވައްޓާލުމަށް ފަހުގައެވެ.

އެހެނަސް މުރުސީގެ ވެރިކަމުގެ ދައުރުން އޭނާއަށް ފުރިހަމަކުރަން ލިބުނީ އެންމެ އަހަރެކެވެ. ގިނަ ބާރުތަކެއް މުށުގެތެރެއަށް ލައްވައިގެން ކަންކަން ކުރަން އުޅުމުގެ ނަތީޖާކަމަށް ބުނެ، މުރުސީއާ ދެކޮޅަށް މިސްރުގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއިރު، އޭނާގެ ވެރިކަން ނިމުމަކަށް އައީ އަސްކަރީ ބަޣާވާތަކުންނެވެ.

އެއަށް ފަހު، މުރުސީ ނިސްބަތްވާ މުސްލިމް ބުރަދާހޫޑް ޖަމާއަތް ވެސް ވަނީ ފުނޑުފުނޑުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް