އަމުރާ ހިލާފަށް ނިންމާ ކޮންމެ ނިންމުމެއް ބާތިލު: ސުޕްރީމް ކޯޓު

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައިގާ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެހެން މުއައްސަސާތަކުންވެސް ނިންމާ ނިންމުމެ...

17 Jun 2019 | 09:41

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައިގާ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެހެން މުއައްސަސާތަކުންވެސް ނިންމާ ނިންމުމެއް ބާތިލުކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން އަމުރެއް ނެރެފިއެވެ.

މިއަދު ނެރުނު އަމުރުގައި ބުނެފައިވނީ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަކީ އެންމެ ފަހުނގެ ނިންމުން ކަމަށާއި ކޯޓުތަކުގެ ނިންމުންތަކުގެ ސައްހަކަމާ މެދު ގޮތް ނިންމުމުގެބާރު ޖޭއެސްސީއަށް ގާނޫނީ ގޮތުން ލިބިގެން ނުވާކަމަށެވެ.

ކޯޓުތަކުގެ ނިންމުންތަކަކީ ދައުލަތުގެ ހުރިހާ މުއައްސަސާއަކުންވެސް ގާނޫނީ ގޮތުން އަމަލުކުރަންޖެހޭ ނިންމުންތަކެއް ކަން ކޯޓުތަކުގެ ގާނޫނުގައި ބުނާކަންވެސް އެ އަމުރުގައި ފާހަގަކޮށްފައިވެއެވެ.

އެ އަމުރުގައި ބުނެފައިވާގޮތުގައި ޖޭއެސްސީގެ އެ އަމަލަކީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް ކޮށްފައިވާ ދުސްތޫރާ ހިލާފު އަމަލެކެވެ. އަދި އެ ކޮމިޝަނުން ނިންމާ އެހެން ހުރިހާ ނިންމުންތަކެއްވެސް ބާތިލްވާނެ ކަމަށާއި އެއީ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ލިބިގެން ނުވާނެ ނިންމުންތަކެއް ކަމުގައިވެސް އެ އަމުރުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް