ގައުމު ތަރައްގީ ކުރެވޭނީ ބޭރު ގައުމުތަކާއި އެކުވެރިވެގެން: ފިނޭންސް މިނިސްޓަރ

އެކުވެރި ގައުމުތަކާއި ގުޅުން ބަދަހިކޮށްގެން ނޫނީ ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރ، އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިހެން ވިދާޅުވެފައި މިވަ...

17 Jun 2019 | 09:30

އެކުވެރި ގައުމުތަކާއި ގުޅުން ބަދަހިކޮށްގެން ނޫނީ ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރ، އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިހެން ވިދާޅުވެފައި މިވަނީ މިއަދު ކުރުނބާ މޯލްޑިވްސްގައި ފެށި މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމުގެ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރާއްޖެއަށް ތަރައްގީގެ ގިނަ ކާމިޔާބީތައް ހާސިލް ކުރެވިއްޖެ ކަމަށާއި ނަމަވެސް ކުރިމަތިވާ ގޮންޖެހުމަކީ އެ ތަރައްގީގެ ފޮނި މީރުކަން، ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި ފޯރުކޮށް ނުދެވުން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން އެއްވެސް ރަށެއް ބާކީ ނުކޮށް،  ހުރިހާ ރަށަކަށް ތަރައްގީގެ ރަހަ ފޯރުކޮށްދޭނެ ކަމަށެވެ.

ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމުގެ އެންމެ ބޮޑު މަޤްޞަދަކީ ދިވެހިރާއްޖެއަކީ ފޮރިން އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައިވާ ޤައުމެއްކަން ބޭރުގެ ފަރާތްތަކަށް އަންގައިދިނުމާއި ފޯރަމްގެ ތެރެއިން ދޭދޭ ޤައުމުތަކާއި، ރާއްޖޭގެ ތަރައްޤީގެ މައި ޕާޓްނަރުންނާއެކު ދެމެހެއްޓެނެވިގޮތެއްގައި ގުޅުން ޤާއިމުވެގެން ދިޔުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް