ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑިޕީ) ގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) ގެ އިންތިޚާބް އަންނަ މަހު ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.
އެ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، އެ ޕާޓީގެ ޕީޖީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ ދެ ވަނަ ދުވަހު ކަމަށެވެ. އެދުވަހުގެ ހަވީރު 4:00 އިން 5:00 އަށް އިންތިޚާބު ކުރިއަށް ދާނެ ކަމަށް ވެސް ނޫސްބަޔާނުގައި ވެއެވެ.
މި އިންތިޚާބުގައި ޕީޖީ ލީޑަރެއްގެ އިތުރުން، އިތުރު ފަސް މަގާމަކަށް 11 މެމްބަރަކު ހޮވާނެއެވެ. އެ މަގާމުތަކުގެ ތެރޭގައި، ޕީޖީގެ ދެ ޑެޕިއުޓީ ލީޑިރުންނާއި، އަމީން އާންމަކާއި، އަމީން އާންމުގެ ނައިބު ހިމެނެއެވެ. އަދި ޗީފް ވިޕް އެއްގެ އިތުރުން، 6 ވިޕުން ވެސް މި އިންތިޚާބުގައި އިންތިޚާބު ކުރެވޭނެއެވެ.
މި އިންތިޚާބަށް އެމްޑީޕީގެ 65 މަޖިލިސް މެމްބަރުންނަށް އެ މަގާމުތަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް