ފޯނު ޗާޖަށް ޖަހައި، މޭމަތީގައި ފޯނު ބާއްވައިގެން ނިދާފައި އޮތް މެލޭޝިޔާ މީހެއްގެ މޭމައްޗަށް ފޯނު ގޮވައިފިއެވެ.
މެލޭޝިޔާގެ ސަރާވަކް ސިޓީ އަށް އުފަން، އުމުރުން 21 އަހަރުގެ މި މީހާގެ ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފައެވެ. މީގެ އިތުރުން އެމީހާ އޮތް އެނދުގައި ވެސް ވަނީ ރޯވެފައެވެ. ޑޮކްޓަރުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، އެ މީހާގެ ހަށިގަނޑުގެ 20 އިންސައްތަ ވަނީ ފިހިފައެވެ. މޭމައްޗާއި، ކަރުގެ ބޮޑު ބައެއްގެ އިތުރުން ކަނާއަތުގެ ބޮޑު ބައެއް ވަނީ ފިހިފައެވެ.
މި މީހާގެ އާއިލާއިން ބުނިގޮތުގައި، އެ މީހާ އަކީ އަބަދުވެސް ފޯނު ޗާޖަށް ޖަހައިގެން ނިދާ މީހެކެވެ. އަދި އަބަދުވެސް އޮންނާނީ ގައިމަތީގައި ފޯނު ބާއްވައިގެން ކަމަށްވެސް އާއިލާ އިން ބުންޏެވެ.
ރިޕޯޓުތައް ބުނާގޮތުން، ފޯނު ގޮވާފައިވަނީ އާދަޔާ ހިލާފަށް ބެޓެރީ ހޫނުވެގެން ކަމުގައެވެ. ފޯނު ގޮވި ވަގުތު އެމީހާ ބާރަށް ހަޅޭއްލަވާގަތް އަޑަށް އާއިލާގެ މީހުން ވަގުތުން އައި ކަމަށާއި، ހަމަ އެވަގުތު އެމީހާ ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އެ މީހާ މިހާރު ވަނީ ހޮސްޕިޓަލުގެ ބާރން ޔުނިޓަށް ބަދަލުކޮށްފައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް