އައިޖީއެމްއެޗްގައި އަލުން ސީޓީ ސްކޭންގެ ހިދުމަތް ދޭންފަށައިފި

މިދިޔަ ހުކުރު ދުވަހު އައިޖީއެމްއެޗްގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާއަށްފަހު އެ ހޮސްޕިޓަލިގައި ސީޓީ ސްކޭންގެ ހިދުމަތް ދޭން ފަށައިފިއެވެ. އެކަން ހާމަ ކުރައްވާ އެ ހޮސްޕިޓަލްއިން ރޭ ނެރުނު ބަޔާނުގައިވަ...

17 Jun 2019 | 08:14

މިދިޔަ ހުކުރު ދުވަހު އައިޖީއެމްއެޗްގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާއަށްފަހު އެ ހޮސްޕިޓަލިގައި ސީޓީ ސްކޭންގެ ހިދުމަތް ދޭން ފަށައިފިއެވެ.

އެކަން ހާމަ ކުރައްވާ އެ ހޮސްޕިޓަލްއިން ރޭ ނެރުނު ބަޔާނުގައިވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން، ސީޓީ ސްކޭން މެޝިނަށް ކަރަންޓް ދިނުމަށް ދިމާވި މައްސަލަ ހައްލުކޮށް އިއްޔެ ހަވީރު 6:00 އިން ފެށިގެން ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގީ އެ ހޮސްޕިޓަލްގެ ސީޓީ ސްކޭން މެޝިނާއި އައިޓީ ބައެއް ތަކެއްޗަށް ބެކަޕް ކަރަންޓު ދޭން ބޭނުންކުރާ ޔޫޕީއެސް ސިސްޓަމްގެ ބެޓެރި ބޭންކްގަ އެވެ. އަލިފާންގަނޑު ނުފެތުރެނީސް ސިފައިން ވަނީ ނިއްވާލައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް