މަސްތުވާތަކެއްޗާއި އެކު އަޑޫ ސިޓީ ފޭދޫ އިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 39 އަހަރުގެ ފިރިހިނަކާއި، 40 އަހަރުގެ ފިރިހިނެއް ކަމަށެވެ.
މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ރޭ 21:40 ހާއިރު ފުލުހުން ހިންގި އޮޕަރޭޝަނަކުން ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ، އެމީހުން ހައްޔަރު ކުރީ އެރަށު ފަޅު ގެއެއްގެ ތެރެއިން ކަމަށާއި، މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް ބަލައިފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި އަށް ރަބަރު ޕެކެޓު ފެނިފައި ވާކަމަށެވެ.
މި މައްސަލަ ސ.ގަން ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ އިތުރަށް ތަހިޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް