މިސް އިންޑިއާގެ ތާޖު ސުމަން ރާއޯ އަށް

56 ވަނަ އެފްބީބީ ކަލާސް ފެމިނާ، މިސް އިންޑިއާ ވޯލްޑް 2019 ގެ ތާޖު އިންޑިއާގެ ރާޖިސްތާނަށް އުފަން ސުމަން ރާއޯ ކާމިޔާބުކޮށްފިއެވެ. ސުމަން މިސް އިންޑިއާގެ ތާޖު ކާމިޔާބުކޮށްފައި މިވަނީ އުމުރުން 22 އަހަރުގ...

17 Jun 2019 | 05:41

56 ވަނަ އެފްބީބީ ކަލާސް ފެމިނާ، މިސް އިންޑިއާ ވޯލްޑް 2019 ގެ ތާޖު އިންޑިއާގެ ރާޖިސްތާނަށް އުފަން ސުމަން ރާއޯ ކާމިޔާބުކޮށްފިއެވެ.

ސުމަން މިސް އިންޑިއާގެ ތާޖު ކާމިޔާބުކޮށްފައި މިވަނީ އުމުރުން 22 އަހަރުގައެވެ.

މި ހަފްލާގައި މިސް ގްރޭންޑް އިންޑިއާ އަށް ހޮވިފައި ވަނީ، އިންޑިއާގެ ޗަތިސްގަރަށް އުފަން ޝިވާނީ ޔާދަވް އެވެ. މިސް އިންޑިއާ ޔުނައިޓެޑް ކޮންޓިނެންޓްގެ ޝަރަފު ލިބިފައި ވަނީ، އިންޑިއާގެ ބިހާރް އަށް އުފަން ޝްރެޔާ ޝަންކަރް އަށެވެ.

https://twitter.com/feminamissindia/status/1140057318622736384

ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މި ހަފްލާގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ވަނީ އެކިކަހަލަ ހުށަހެޅުންތައް ހުށަހަޅާފައެވެ. މި ހަފްލާ ހުށަހަޅާދީފައި ވަނީ ކަރަން ޖޯހަރް އަދި މަނީޝް ޕައުލް އެވެ.

ސުމަންގެ ބޮލުގައި ތާޖު މިސް އިންޑިއާގެ ތާޖު އެޅުވީ މިސް އިންޑިއާ 2018، އަނޫކްރިތީ ވާސް އެވެ.

ސުމަންގެ މި ކާމިޔާބީ އާއި އެކު، މި އަހަރުގެ މިސް ވޯލްޑް 2019 ގެ 69 ވަނަ އެޑިޝަންގައި އިންޑިއާ ތަމްސީލު ކުރާނީ ވެސް އޭނާ އެވެ. މިސް ވޯލްޑް 2019 ހޮވުން އޮންނާނީ ތައިލެންޑްގައި ޑިސެމްބަރު 7 ވަނަ ދުވަހުއެވެ. އިންޑިއާ އިން މިސް ވޯލްޑް ގެ ޝަރަފު އެންމެ ފަހުން ހޯދީ 2017 ވަނަ އަހަރު އެވެ. އެ ޝަރަފު އިންޑިއާ އަށް ކާމިޔާބު ކޮށްދިނީ މަނޫޝީ ޗިއްލަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް