ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް މީޑިއާތަކުގައި އިއްޔެ އެކަން ރިޕޯޓްކުރި ނަމަވެސް ޖޭއެސްސީން އެކަން ދޮގުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ސުޕްރީމް ކޯޓުގެ އިތުރު އެއްވެސް ފަނޑިޔާރަކާއި ގުޅޭ މައްސަލައެއް އަދި ޖޭއެސްސީއަށް ހުށަހެޅިފައިނުވާކަމަށަށެވެ.
ނަމަވެސް މީޑިއާތަކުގައި އިއްޔެ ރިޕޯޓްކޮށްފައިވާގޮތުގައި ޖޭއެސްސީއަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުރު އަމުރާއި ގުޅުންހުރި މައްސަލައެއް ކަމަށެވެ.
ތިން ފަނޑިޔާރުންގެ މައްސަލަ ނުބަލާކަމަށް ޖޭއެސްސީން ބުނެފައިވީނަމަވެސް ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ފުލުހުންނާއި ޖޭއެސްސީން ބަލަމުން އަންނަކަމަށްބުނެ އެ ފަނޑިޔާރު ސަސްޕެންޑް ކުރަން ޖޭއެސްސީން ވަނީ ނިންމާފައެވެ. ނަމަވެސް އެ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް