ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި 11 ސަރަހައްދެއް ހަމަޖައްސައިފި

ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި 11 ސަރަހައްދެއް ހަމަޖައްސައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން އެކަން އިއުލާނުކޮށްފިއެވެ. އެގޮތުން ހިމާޔަތްކޮށްފައިވާކަމަށް ކަނޑައެޅި ސަރަހައްދުތަކަކީ ...

17 Jun 2019 | 05:01

ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި 11 ސަރަހައްދެއް ހަމަޖައްސައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން އެކަން އިއުލާނުކޮށްފިއެވެ.

އެގޮތުން ހިމާޔަތްކޮށްފައިވާކަމަށް ކަނޑައެޅި ސަރަހައްދުތަކަކީ

  1. ހއ. ގައްލަންދޫ
  2. ހއ. ބިލެތްދޫ ތިލަ
  3. ހއ. ކެލާ ކަނޑޫފާ ސަރަހައްދު
  4. ހދ. ފިނޭ ތިލަ
  5. ހދ. އިންނަފުށި
  6. ށ. ބޮލިއްސަފަރު
  7. ށ. ނާލާހުރާ ފިނޮޅު
  8. ނ.ފޮއްދިއްޕަރު ފިނޮޅު
  9. ނ. ކެނދިކުޅުދޫ ކުޅި
  10. ނ. އޮރިމަސް ތިލަ
  11. ނ. ބޮޑުޅައިމެންދޫ

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާގޮތުގައި މިގޮތަށް ނިންމާފައިވަނީ ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގެ ދަށުން މިމިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން 17 ޖޫން 2019ން ފެށިގެންނެވެ.

އެ ސަރަހައްދުތައް ބެލެހެއްޓުމުގައި ޢަމަލުކުރާނީ (ގަވާއިދު ނަނަބަރު: 2018/R-78) ޤުދުރަތީ  ނުވަތަ ޠަބަޢީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވާއިދުގެ ދަށުން އެކުލަވާލާ މެނޭޖްމަންޓް ޕްލޭންއާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައިވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. އަދި އެ  މިސަރަހައްދުތަކާ ބެހޭ އިތުރު ތަފްޞީލުވެސް ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް