ބިދޭސީއަކު ނުގަވައިދުން ދުއްވި ސައިކަލަކުން ފުލުހުންގެ ކާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 00:25 ހާއިރުގައެވެ. އެކްސިޑެންޓް ހިނގީ މޫންލައިޓް ހިނގުމުގެ އުތުރުން ދެކުނަށް ދުއްވަންޖެހޭ ލޭނުން ދެކުނުން އުތުރަށް ގަވާއިދާ ހިލާފަށް ދުއްވާފައިދިޔަ ސައިކަލެއް ފުލުހުންގެ ވެހިކަލެއްގައި ޖެހިގެން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި އެ ސައިކަލު ދުއްވަން އިނީ އުމުރުން 18 އަހަރުގެ ބިދޭސީއެކެވެ. ބިދޭސީ އެމީހާގެ އަތުގައި ލައިސަންސް ވެސް ނެތްކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް