ރާއްޖޭގައި ބާއްވާ އެންމެ މޮޑު މަސް ބޭނުމުގެ މުބާރާތް "އުރީދޫ މަސް ރޭސް" ގެ މިއަހަރުގެ އެއްވަނަ މަގާމު މަލަހިނި ކުޑަ ބަނޑޮސްގެ ޓީމު ހޯދައިފި އެވެ.
އެ ޓީމް މުބާރާތުން އެއްވަނަ ހޯދީ ފައިނަލުގައި ސްޓެލްކޯ އާއި، އެންޒީ އާއި އެޗްޑީސީގެ އިތުރުން މިލައިދޫ އަދި ތާޖް އެގްޒޯޓިކާގެ ޓީމާއި ވާދަކޮށްގެންނެވެ. މުބާރާތުގެ ދެވަނައަށް ދިޔައީ މިލައިދޫގެ ޓީމެވެ. ތިން ވަނައަށް ދިޔައީ އެންޒީ އެވެ.
މި މުބާރާތުން އެއް ވަނައަށް ދިޔަ މަލަހިނި ޓީމަށް ވަނީ އުރީދޫއިން ތިން ލައްކަ ރުފިޔާ ދީފައި އެވެ. އިތުރަށް ލިބުނު އިނާމުތަކުގެ ތެރޭގައި 175،000 ރުފޮޔާގެ މަހަށްދާ ލޯންޗަކާއި، 150،000 ރުފިޔާގެ އެވިންރޫޑް ބްރޭންޑުގެ 60 ހޯސް ޕަވާ އިންޖީނެއް ހިމެނެ އެވެ.
މި މުބާރާތުގައި އެންމެ "ތަފާތު މާކެޔޮޅު"ގެ އިނާމު ލިބިފައިވަނީ، ސެމީ ފައިނަލްގައި 11.05 ކިލޯގެ ފާނަ އެއް ބޭނި، ޓީމް
މިލައިދޫގެ އަބްދުލް ހާދީ މުހައްމަދު އަށެވެ. އަދި، އެންމެ ތަފާތު އަންހެން ކެޔޮޅަށް ހޮވިފައިވަނީ10.5 ކިލޯގެ ހަންޖެއް ބޭނި، ޓީމް މަލަހިނީގެ ނަޝާމާ
މުހައްމަދު އެވެ.
މި ދެމީހުންނަށް އުރީދޫއިން ވަނީ ފަސް ހާސް ރުފިޔާގެ އިނާމެއް ދީފަ އެވެ.
އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒް ވިދާޅުވީ އަންނަ އަހަރުގެ މުބާރާތްވެސް މިހާ ކާމިޔާބު ކަމާއި އެކު ކުރިޔަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އުންމީދަކީ ގިނަ އަދަދެއްގެ ޓީމުތަކެއް މުބާރާތުގައި ބައިވެރިވާނެ ކަމަށެވެ.
އުރީދޫއިން ވަނީ އަންނަ އަހަރުގެ "އުރީދޫ މަސް ރޭސް" އިއުލާނުކޮށް ބައިވެރިވާން ކުންފުނިތަކަކާއި އޮފީސްތަކާއި ޖަމާއަތްތަކަށް ދައުވަތު ދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް