ވައިރަހުގެ އަސަރެއް ނެތް ރަށްރަށުގެ މިސްކިތްތަކުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމަށް އުމަރު ނަސީރު ގޮވާލައްވައިފި

ކޯވިޑް-19 ގެ މި ހާލަތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައިވާއިރު، މި ވައިރަސްގެ އަސަރެއް ނެތް ރަށްރަށުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް އުމަރު ނަ...

17 May 2020 | 17:01

ކޯވިޑް-19 ގެ މި ހާލަތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައިވާއިރު، މި ވައިރަސްގެ އަސަރެއް ނެތް ރަށްރަށުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް އުމަރު ނަސީރު ގޮވާލައްވައިފިއެވެ.

ރައީސް ޔާމީންގެ ދައުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު މިކަމަށް ގޮވާލާފައިވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ވީޑިއޯ މެސެޖެއްގައެވެ.

"އަޅުގަނޑު ސަރުކާރަށް މި ގޮވާލަނީ ކޮރޯނާ ވައިރަސްގެ އެއްވެސް އަސަރެއް ނުކުރާ ރާއްޖޭގެ ރަށްރަށުގަ މިސްކިތްތަކުގަ ނަމާދު ކުރުމުގެ ހުއްދަ ސަރުކާރުން ދެއްވުމަށް" އުމަރު ވިދާޅުވިއެވެ.

ވީޑިއޯ މެސެޖުގައި އުމަރު ނަސީރު އިތުރަށް ވިދާޅުވީ އަސަރެއް ނުކުރާ ރާއްޖޭގެ އެތައް ރަށެއް އެބަ އޮތް ކަމަށާއި އެ ރަށްރަށުގައި އެކަކު އަނެކަކާ ދޭތެރޭގައި ދުރުމިނެއް ބަހައްޓައިގެން ނަމާދު ކުރުމުގެ ފުރުސަތު އެ ރަށްރަށުގެ ރައްޔިތުންނަށް ލިބެން ވާނެ ކަމަށެވެ.

https://twitter.com/TeamUmarMv/status/1262038093701382154

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް