ރީނދޫ ސަމާލު ނެރެފި - ބޯކޮށް ވާރޭ ވެހުމާއެކު 55 މޭލަށް ވައިގަދަވެދާނެ

ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން، ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ. ހަވީރު 05:00ގައި ނެރެފައިވާ މި ސަމާލުގައި ބުނެފައިވަނީ މި...

17 May 2020 | 12:22

ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން، ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ހަވީރު 05:00ގައި ނެރެފައިވާ މި ސަމާލުގައި ބުނެފައިވަނީ މިއަދު ހަވީރު 5:00 އިން މިރޭ 09:00 އާއި ދެމެދުގެ ވަގުތުތަކުގައި ކ. އަތޮޅާއި އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު އާއްމު ވައި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދު ހުން އެކަށީގެންވާކަމަށެވެ.

"ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވުން" އެކަށީގެންވާކަމުގައިވެސް މި ސަމާލުގައި ބުނެފައިވެއެވެ.

ރީނދޫ ސަމާލު ނެރެފައިވާއިރު ރާއްޖެ ސަރަހައްދަށް ކުރަމުން މި އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އިތުރަށް ބާރުގަދަވެގެން މިދަނީ ބޭ އޮފް ބެންގާލުގައި އުފެދިފައިވާ ތޫފާން އަމްޕަން އާއި ގުޅިގެންނެވެ.

އެ ތޫފާން ދަތުރުކުރަމުންދަނީ އިންޑިއާގެ އޮޑީޝާ ސްޓޭޓާއި ދިމާއަށެވެ. މި ތޫފާން ދަތުރުކުރަމުން އެ އަންނަނީ ރާއްޖެއާއި ދުރަށް ނަމަވެސް ތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް