މިއަދު މާލޭގައި ކާރެއްގެ ކުރިއަށް އަރަން މަސައްކަތްކުރި ޕިކަޕެއް އެ ކާރުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓް މިއަދު މެންދުރު 2:16 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
"މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވޭ. އަދި ދެ އުޅަނދު ދުއްވަން ތިބީވެސް ލައިސަންސް އޮންނަ ޑްރައިވަރުން" ފުލުހުން ބުނެފައިވެއެވެ.
މި އެކްސިޑެންޓް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު މި ރަމަޟާން މަހު މިހާތަނަށް ގިނަ އެކްސިޑެންޓްތަކެއް ހިނގާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް