އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް، އެ ކޮމިޝަންގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށްފަހު ވަޑައިގަންނަވަނީ ސަރުކާރު ކުންފުންޏެއްގެ އިސް މަގާމަކަށް ކަމުގައި އޭނާ ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސް އިން ގެނެސްދިން "އެކްސްކްލޫސިވް" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައެވެ.
ޝަރީފް ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމަވާފައިވަނީ އަންނަ އަހަރު ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ކަމަށެވެ. އެ ނިންމުން ނިންމެވީ މިނިވަން މުއައްސަސާއެއްގެ މެމްބަރު ކަމުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައި ނުގެންންވޭތީ ކަމުގައިވެސް ޝަރީދދް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެހެން ދާއިރާއަކުންވެސް ފެނުން އެކަށީވެގެންކާމަށެވެ. އެގޮތުން އެންމެ ފުރުސަތު ބޮޑީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އިސް މަގާމަކުން ފެނުން ކަމުގައި ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއްކަން ވިދާޅެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަރީފް ޢައްޔަނުކުރެއްވީ 2018ވަނަ އަހަރުގެ މާރިޗް މަހުގެ ހަވަނަ ދުވަހުއެވެ. އޭގެ ކުރިން ފެނަކައިގެ އެމްޑީގެ މަގާމު އަދާކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް