ލ އަތޮޅު ދަނބިދުއާއި އެ ރަށާއި އިންވެ އޮތް ކަލައިދޫ ކޯޒްވޭއަކުން ގުޅާލަ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން ކަލައިދޫ ކައުންސިލުން އެދިއްޖެއެވެ.
އެ ކައުންސިލުން ރައީސް ސޯލިހްގެ އަރިހުން މިކަމަށް އެދިލެއްވީ އެ ކައުންސިލާއި ރައީސް ސޯލިހް އިއްޔެ ބައްދަލުކުރެއްވުމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެވެ.
ދަނބިދޫއާ ކޯޒްވޭއަކުން ގުޅާލުމުގެ އިތުރުން ރަށުގެ ޞިއްޙީ މަރުކަޒުގެ މަރާމާތުކުރުމާއި، ކަލައިދޫ އަވަށުގައި މިސްކިތެއް ބިނާކުރުމާއި، ކަލައިދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢެއް ސަރުކާރުން ހިންގަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން މެންބަރުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކަލައިދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް