މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ދެ ދިވެހިން ލަންކާއިން ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު އަވައްޓެރި ސްރީލަންކާއިން ދެ ދިވެހިން ހައްޔަރުކޮށްފި އެވެ. ލަންކާ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ރޭގެ ވަގުތެއްގައި ހައްޔަރު ކުރީ 19 އަހަރާއި 25 އަހަރުގ...

17 May 2018 | 15:07

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު އަވައްޓެރި ސްރީލަންކާއިން ދެ ދިވެހިން ހައްޔަރުކޮށްފި އެވެ.

ލަންކާ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ރޭގެ ވަގުތެއްގައި ހައްޔަރު ކުރީ 19 އަހަރާއި 25 އަހަރުގެ ފިރިހެނުންނެވެ. ލަންކާ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެދެ މީހުން ދިޔައީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންނެވެ.

އެމީހުން އަތުން އަތުލައިގެންފައިވަނީ ޕާޓީ ކުރަން ބޭނުން ކުރާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ވާ އެކްސްޓަސީގެ 1,925 ގުޅަ އެވެ. އޭގެ މަގުމަތީ އަގު ނުވަ ލައްކަ ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިއީ ވާ އެކްސްޓަސީ އެއްފަހަރާ އެންމެ ގިނައިން އަތުލައިގެތް ފަހަރެވެ. އެ ގުޅަތައް އެމީހުން ލަންކާއަށް އެތެރެކޮށްފައިވަނީ ނެދަލޭންޑްސް އިން ކަމަށް ލަންކާ ފުލުހުން ބުނެ އެވެ.

ލަންކާއަށް އެ ތަކެތި ވިއްކުމުގެ އިތުރުން އެހެން ގައުމުތަކަށް ވެސް އެ މީހުން އެ ތަކެތި ފޮނުވާ ކަމަށް ތުހުމަތު ކުރެ އެވެ. ފުލުހުންގެ ބަންދުގައި ތިބި އެ ދެ މީހުންގެ މައްސަލަ ލަންކާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ ދެމީހުން ހައްޔަރު ކުރީ ދެހިވަލާގެ ނަޑިމަލައިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް