ގަމަށް ދަތުރު ކުރި ބޯޓެއް މުލަކު ފަރަށް އަރައިފި

މޭލެއިން ފުރައިގެން ލ. ގަމަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް މ. މުލަކު ފަރަށް އަރައިފި އެވެ. އެމްއެންޑީއެފާއި ފުލުހުން ބުނީ "ނީލްވިލާ" ނަމަކަށް ކިޔާ އެ ބޯޓު ފަރަށް އަރައިގެން ރިޕޯޓު ކުރީ ރޭ 7:...

17 May 2018 | 07:43

މޭލެއިން ފުރައިގެން ލ. ގަމަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް މ. މުލަކު ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފާއި ފުލުހުން ބުނީ "ނީލްވިލާ" ނަމަކަށް ކިޔާ އެ ބޯޓު ފަރަށް އަރައިގެން ރިޕޯޓު ކުރީ ރޭ 7:20 އެހާއިރު ކަމަށެވެ. އަދި އެވަގުތުން ފެށިގެން ފުލުހުންނާއި ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

ހާދިސާ ހިނގި އިރު ބޯޓުގައި ފަސް ދިވެހިންނާއި ތިން ބިދޭސީން ތިއްބެވެ. އޭގެން އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވިނަމަވެސް ބޯޓުގައި ހުރި ގިނަ މުދާތަކެއް މޫދަށް އެޅުނު ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ފުލުހުންނާއި ދޯނީގެ ވެރިފަރާތާއި ފުލުހުން ގުޅިގެން އޮޔާދިޔަ މުދާ މުދުން ނަގާފައިވާ ކަމަށެވެ.

ބޯޓު ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ޑައިވަރުން ދަނީ ވެރިފަރާތާއި ގުޅިގެން ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް