އިކޮނޮމިކް މިނިސްޓްރީން ރޯދަމަހާ ދިމާކޮށް ކުރިޔަށް ގެންދާ ބާޒާރުގައި އެންމެ އަގު ހެޔޮ ފިހާރަ ޕްރޮގްރާމަށް މިއަހަރު ތަރުހީބު ވަރަށް ކުޑައެވެ.
އިއްޔެ އާއި ހަމައަށް ޕްރޮގްރާމްގައި ބައިވެރިވީ ދެ ފިހާރައެކެވެ. މިއަދު ތިން ފިހާރައެއް ޕްރޮގްރާމްގައި ބައިވެރިވެފަ ވެއެވެ. އެއީ ރެޑްވޭވް އާއި އެސްޓީއޯ އަދި ސޯސަން މާޓެވެ.
ތިން ފިހާރަ އާއި އަޅާ ބަލާއިރު ރެޑްވޭވްގައި އަގުހެޔޮކޮށް ލިބެން ހުރި ބާވަތްތަކަށް ބަލާއިރު ކާއްޓެއް ލިބެން ހުރީ އަށް ރުފިޔާއަށެވެ. ބޮޑު ޕާން ރެޑްވޭވްގައި ލިބެން ހުރީ 16 ރުފިޔާއަށެވެ. އަދި ގެރިކިރު ރެޑްވޭވްގައި ހުރީ އަށް ރުފިޔާއަށް ދަޅެކެވެ.
ކެރެޓް ކިލޯއެއް 25 ރުފިޔާއަށް ލިބެން ހުރި އިރު ރެޑްވޭވްގައި ކެބެޖް ކިލޯއެއް ލިބެން ހުރީ 45 ރުފިޔާއަށެވެ. ބެލްޕެޕަރ ކިލޯއެއް ރެޑްވޭވްގައި ހުރީ 70 ރުފިޔާއަށެވެ.
ފިޔާ ކިލޯއެއް މި ތިން ފިހާރައިގައި ހުރީ ނުވަ ރުފިޔާ އަށެވެ. އެސްޓީއޯ އަދި ރެޑް ވޭވްގައި އަލުވި ކިލޯއެއް ހުރީ އަށް ރުފިޔާ އަށެވެ. އަދި ވަކިން ބިހެއް ލިބެން ހުރީ 1.50 ރުފިޔާ އަށެވެ. ކުޑަ ޕާނެއް އެސްޓީއޯ އިން ލިބެން ހުރީ 10 ރުފިޔާއަށެވެ.
ސޯސަން މާޓުގައި ޓޮމާޓޯ އަދި ކެެރެޓް ކިލޯ އެއް ހުރީ 25 ރުފިޔާއަށެވެ. ސޯސަން މާޓުގައި ކިިއުކަމްބާ ކިލޯއެއް ހުރީ 35 ރުފިޔާއަށެވެ. ބަރަބޯ ކިލޯއެއް 18 ރުފިޔާއަށް ހުރި އިރު ބަށި ކިލޯއެއް ހުރީ 32 ރުފިޔާއަށެވެ.ސޯސަން މާޓުގައި ލީކްސް ކިލޯއެއް 60 ރުފިޔާއަށް ހުރި އިރު ލެޓިއުސް ކިލޯއެއް 85 އަދި ބީންސް ކިލޯއެއް ހުރީ 55 ރުފިޔާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް