ކަރާ: ބަރުދަން ލުއި ކުރުމަށް ވަރަށް ރަނގަޅު މޭވާއެއް!

ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގައި ކަރާ އަކީ 92 ޕަސެންޓު ފެން އެކުލެވިގެންވާ މޭވާ އެކެވެ. އެކަމަކު ކަރާ ފޮއްޗެއް ކާލުމުން ބާކީ އަށް ޕަސެންޓުން ފޮނިރަހަ މުޅި ހަށިގަނޑަށް ކުރެ އެވެ. އެހެންވެ އެއީ ބަރުދަ...

17 May 2018 | 00:08

ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގައި ކަރާ އަކީ 92 ޕަސެންޓު ފެން އެކުލެވިގެންވާ މޭވާ އެކެވެ.

އެކަމަކު ކަރާ ފޮއްޗެއް ކާލުމުން ބާކީ އަށް ޕަސެންޓުން ފޮނިރަހަ މުޅި ހަށިގަނޑަށް ކުރެ އެވެ. އެހެންވެ އެއީ ބަރުދަން ލުއި ކުރުމަށް ކާން ރަނގަޅު މޭވާއެއްގެ ގޮތުގައި މީހުން ނުދެކެވެ. މިއީ ކަރާ ކެވޭނެ މޫސުމަކަށްވާތީ ބަރުދަން ލުއި ކުރުމަށް އެއިން އެހީވެދޭވަރު ބަލާލަމާ ހިނގާށެވެ.

ކަރާ އަކީ ކެލޮރީސް މަދު، ނިއުޓްރިއަންޓްސް އިން ފުރިފައިވާ މޭވާ އެކެވެ. ކަރާގައި ކޮލެސްޓްރޯލް އެކުލެވެނީ ސުން ޕަސެންޓުގައި އެވެ. އަދި މިއީ ހަށިގަނޑުގައި ސަރުބީ އުފެދުމަށް މަގުފަހިވާ މޭވާއެއް ނޫނެވެ.

ދިރާސާތަކުގައި ބުނެފައިވާ ގޮތުގައި ބޯތަށްޓެއްގެ ކަރާ ކާއިރު ހަށިގަނޑަށް ވަންނާނީ 46 ކެލޮރީސް އެވެ. އެކަމަކު ކަރާ އަކީ 92 ޕަސެންޓު ފެން އެކުލެވޭ މޭވާ އަކަށްވާތީ އޭގެ ތެރެއިން 99 ޕަސެންޓު ކެލޮރީސް ހަށިގަނޑަށް ދައުރުވާނީ ފެނުގެ ގޮތުގައި އެވެ.

ކަރާ ކެއުމުން ހަށިގަނޑުގެ މަސްތަކަށް ދިރުން ލިބެ އެވެ. އަދި ކަރާ ކެއުމުން އޭގައި އެކުލެވޭ އެސިޑެއް ޕްރޮޓިންސްގެ މާއްދާތަކަކަށް ބަދަލުވާއިރު އެއީ ބަރުދަން ލުއި ކުރުމަށް އެހީއަކަށްވެ އެވެ.

މީގެ އިތުރުން ކަރާ އަކީ ކެއުމުން ގިނައިރު ބަނޑުފުރިފައި ހުންނަ މޭވާ އެކެވެ. އޭގެ ސަބަބުން ހަށިގަނޑަށް ބޭނުން ނުވާ ލުއި ކާނާ ފަދަ ކޫސަނި ކެއުމުން މީހާ ދުރުކޮށްދޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް