އާލިއާ ކުޅޭ ފިލްމެއް ފްލޮޕެއް ނުވާނެ!

ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ޒުވާން ބަތަލާ އާލިއާ ބަޓް ކުޅޭ ފިލްމެއް ފްލޮޕެއް ނުވާނެ ކަމަށް މިދިޔަ ހަފްތާ ބަންދުގައި ރިލީޒްކުރި ފިލްމު "ރާޒީ" ގައި އާއިލާގެ ފަހަރީގެ ބައިން ފެނިގެންދާ އަމްރުތާ ހާން...

16 May 2018 | 23:27

ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ޒުވާން ބަތަލާ އާލިއާ ބަޓް ކުޅޭ ފިލްމެއް ފްލޮޕެއް ނުވާނެ ކަމަށް މިދިޔަ ހަފްތާ ބަންދުގައި ރިލީޒްކުރި ފިލްމު "ރާޒީ" ގައި އާއިލާގެ ފަހަރީގެ ބައިން ފެނިގެންދާ އަމްރުތާ ހާންވިލްކަރު ބުނެފި އެވެ.

އެ ފިލްމު ހޯދަމުންދާ ކާމިޔާބީ އާއި ގުޅޭގޮތުން މީޑިއާގައި ވާހަކަދައްކަމުން އަމްރުތާ ބުނެފައިވަނީ "ރާޒީ" ގެ ހުރިހާ ކާމިޔާބީއެއްގެ ސިއްރަކީ އާލިއާ ކަމަށެވެ. އަދި އާލިއާގެ ފިލްމެއް ފްލޮޕްވާ ވަރަށްވުރެ އޭނާގެ ހުނަރުވެރިކަން މާ ބޮޑުކަމަށެވެ.

އޭނާ ބުނީ އާލިއާއަށް އާންމުންގެ ލޯތްބާއި ތަރުހީބު ލިބޭ ވަރަށް އޭނާގެ އެކްޓިން  މޮޅުކަމަށެވެ. އާލިއާގެ އުމުރާއި އަޅާ ބަލާއިރު މިހާއަވަހަށް ހޯދަމުންދާ ކާމިޔާބީ ތަކަކީ މިފަހަކުން އަންހެން ތަރިއަކަށް ހޯދިފަ ނުވާވަރުގެ ކާމިޔާބެއް ކަމަށް އަމްރުތާ ބުނެފައިވެ އެވެ. އިތުރަށް ބުނީ އާލިއާ އާއި އެކު މަސައްކަތް ކުރަން ފަސޭހަ ކަމަށާއި އޭނާ އަމްރުތާ މީހަކަށް ހަދައިދީފި ކަމަށެވެ.

އުމުރުން 25 އަހަރުގެ އާލިއާ ކުޅެފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި، "ހައިވޭ" "އުޅްތާ ޕަންޖާބް" ޑިއާ ޒިންދަގީ" އަދި "2 ސްޓޭޓް" ހިމެނެ އެވެ.

އެންމެ ފަހުން ރިލީޒް ކުރި "ރާޒީ" ގައި އާލިއާ ފެނިގެންދަނީ ޕާކިސްތާނު ސިފައިންގެ މީހަކާއި ކައިވެނިކޮށްގެން އުޅޭ އިންޑިއާގެ ޖާޖޫސް ކުރާ އަންހެނެއްގެ ރޯލުންނެވެ. މި ފިލްމު ދަނީ ބޮލީވުޑްގައި ބޮޑު ކާމިޔާބެއް ހޯދަމުންނެވެ.

އެގޮތުން ފުރަތަމަ ހަފްތާއިން 45.34 ކްރޯޑް ރުޕީސް އެ ފިލްމު ވަނީ ހޯދާފައި އެވެ. އަދި ފިލްމު ބަލަން ދިޔަ ނޫސްވެރިންނާއި އާންމުންނަށް ފިލްމު ވަރަށް ކަމުދިޔަ ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް