މިރޭ 8:30 ގެ ފަހުން މާލެ ސަރަހައްދުގައި މަގުމަތީގައި އުޅޭނަމަ ފިޔަވަޅު އަޅާނަން: ފުލުހުން

މާލެ ސަރަހައްދުގައި ލޮކްޑައުންގެ ހާލަތު އިއުލާނުކޮށްފައިވާއިރު މަގުމަތީގައި އުޅޭ ފަރާތްތަކާއިމެދު މިރެއިން ފެށިގެން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގައި ފުލުހުން ބުނެފިއެވެ. އެގޮތުން ފުލުހުން ބުނެފައިވަނ...

17 Apr 2020 | 15:20

މާލެ ސަރަހައްދުގައި ލޮކްޑައުންގެ ހާލަތު އިއުލާނުކޮށްފައިވާއިރު މަގުމަތީގައި އުޅޭ ފަރާތްތަކާއިމެދު މިރެއިން ފެށިގެން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގައި ފުލުހުން ބުނެފިއެވެ.

އެގޮތުން ފުލުހުން ބުނެފައިވަނީ މިރޭ 08:30 އިން ފެށިގެން ފިޔަވަޅު އަޅާނެކަމަށާއި މަގުމަތީގައި އުޅޭ އެންމެން 08:30 ގެ ކުރިން ގެއަށްވަނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ލޮކްޑައުންގައި މަގުމަތީގައި އުޅޭނަމަ ޖޫރިމަނާކުރާނެ ކަމަށާއި 14 ދުވަހުގެ ކަރަންޓީނަށް ފޮނުވާލާނެ ކަމުގައި ފުލުހުން ކުރިން ބުނެފައިވެއެވެ. އެކަމަކު މިގޮތަށް މި ވޭތުވެދިޔަ ދެ ދުވަހު އަމަލު ކޮށްފައެއް ނުވެ އެވެ.

ފުލުހުން ވަނީ ފުރަތަމަ ދުވަހު އެކަނިވެސް100 އަށްވުރެ ގިނަ މީހުންނަށް ނަސޭހަތް ދީފައި އެވެ.

މިހާތަނަށް ރާއްޖެއިން28 މީހަކު ބައްޔަށް ޕޮސިޓީވްވެފައިވާއިރު އޭގެ ތެރެއިން އަށް މީހުންނަކީ މާލެއިން ބަލި ޖެހިފައިވާ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް