ރޯދަ މަހާ ދިމާކޮށް ކާބޯތަކެތިން 50 އިންސައްތަ ޑިސްކައުންޓް ދިނުމަށް ފުޖައިރާގައި ފިހާރަތަކަށް އަންގައިފި

އެކުވެރި އަރަބި އިމާރާތުގެ ސިޓީއެއް ކަމުގައިވާ ފުޖައިރާގެ ފިހާރަތަކުން ރޯދަމަހާ ދިމާކޮށް ވިއްކާ ކާބޯތަކެތިން 50 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ދިނުމަށް ފުޖައިރާގެ ކަންޒިއުމާ ޕްރޮޓެކްޝަން ޑިޕާޓްމ...

17 Apr 2019 | 15:39

އެކުވެރި އަރަބި އިމާރާތުގެ ސިޓީއެއް ކަމުގައިވާ ފުޖައިރާގެ ފިހާރަތަކުން ރޯދަމަހާ ދިމާކޮށް ވިއްކާ ކާބޯތަކެތިން 50 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ދިނުމަށް ފުޖައިރާގެ ކަންޒިއުމާ ޕްރޮޓެކްޝަން ޑިޕާޓްމެންޓުން އަންގައިފިއެވެ.

އެ ޑިޕާޓްމެންޓްގެ ޑިރެކްޓަރު ޑރ. ހާޝިމް އަލް ނުއާއިމީ ބުނެފައިވަނީ އެ ކެމްޕޭނުގައި ފުޖައިރާގެ ހުރިހާ ފިހާރަތަކުން ބައިވެރިވާން ޖެހޭ ކަމަށެވެ. އަދި އެ ޕްރޮމޯޝަން ރޯފަ ފެށުމުގެ ހަފްތާއެއް ކުރިން ފަށަން ވާނެ ކަމަށާއި ރޯދަ ނިމެންދެން އެ ޕްރޮމޯޝަން ކުރިއަށް ގެންދަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. ޑިސްކައުންޓް ދިނުމަށް އަންގާފައިވަނީ ހަމަ އެކަނި ކާބޯތަކެތިންނެވެ.

މި އުސޫލާއި ހިލާފުވާ ފަރާތްތައް ރިޕޯޓް ކުރުމަށްވެސް ބުނެފައިވެއެވެ.

މިފަދަ އުސޫލެއް ޕާކިސްތާނުގައިވެސް އިއުލާނު ކޮށްފައިވެއެވެ. ޕާކިސްތާނުން ބުނެފައިވަނީ ރޯދަމަހާއި ދިމާކޮށް ކާބޯތަކެތީގެ އަގު އުފުލާނަމަ އެ ވިޔަފާރިއަކާއިމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ބަރަކާތްތެރި ރަމަޟާން މަސް ފެށެން ބާކީ ދެން އޮތީ 18 ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް