މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ހިޔާނާތުގެ މައްސަލައިގާ އިންޓަޕޯލް ރެޑް ނޯޓިސް ނެރުނު ފަރާތްތަކުގެ ނޯޓިސް ބާތިލުކޮށްފައިވަނީ ދައުލަތުން އެގޮތަށް ނިންމައިގެން ކަމުގައި ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ އެ ފަރާތްތައް ހޯދަން ރެޑް ނޯޓިސް ނެރުނީ ތަހުގީގަށް ހާޒިރު ނުކުރެވިގެން ކަމަށެވެ.
"މިހާރު އެ ފަރާތްތަކަށް ޕޮލިސް އަށް އެކްސެސް ވެވި ތަހްގީގަށް ބޭނުންވާ ބަޔާންތައް ނެގިފައިވާތީ އިތުރަށް ރެޑް ނޯޓިސް ދަމަހައްޓަން ޖެހޭތަނެއް ނެތުމުން ރެޑް ނޯޓިސް ނެގީ" ފުލުހުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މި ފަރާތްތަކަކީ މިވަގުތު ޔޫކޭގެ ހިމާޔަތުގައި ތިބި ބައެއް ނަމަވެސް ފުލުހުންނަށް ފުރިހަމަ އެކްސެސް މިހާރު ލިބިފައިވާކަމަށެވެ. =
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް