މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަން ކަމަށް ގާނޫނީ ވަކީލު މުހައްމަދު ޝަހުދީ މިއަދު އައްޔަން ކުރައްވައިފިއެވެ.
މި މަގާމަށް ޝަހުދީ އައްޔަން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
އާބިޓްރޭޝަން ސެންޓަރުގެ ބޯޑަކީ ޖުމްލަ ތިން މެމްބަރެއްގެ މައްޗަށް އެކުލެވިފައިވާ ބޯޑެކެވެ. މި ބޯޑަށް މެމްބަރުން އައްޔަންކޮށް، ވަކިކުރާނީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ރައީސެވެ.
އާބިޓްރޭޝަނަކީ މަދަނީ ޝަރުއީ މަރުހަލާއަށް ނުގޮސް، ވިޔަފާރީގެ މައްސަލަތައް ހައްލު ކުރުމަށް އޮންނަ ނިޒާމެކެވެ. މި ސެންޓަރަކީ ރާއްޖޭގައި އާބިޓްރޭޝަން ހިންގުމަށް މަގުފަހިކޮށް ދިނުމާއި ރާއްޖޭގައި އާބިޓްރޭޓަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ އުސޫލުތައް ކަނޑައެޅުމުގެ އިތުރުން، މައްސަލަތައް ހައްލުކުރުމުގައި އާބިޓްރޭޝަންގެ މަގު އިހްތިޔާރުކުރަން ހިތްވަރު ދޭ ސެންޓަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް