މީޑިއާ ކައުންސިލާއި ޑިޒާސްޓާ މެނޭޖްމަންޓް ގުޅިގެން ނޫސްވެރިންނަށް ވޯކްޝޮޕެއް ބާއްވަނީ

މޯލްޑިވްސް މީޑިއާ ކައުންސިލާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯތިޓީ ގުޅިގެން "ވޯކްޝޮޕް އޮން ރޯލް އޮފް މީޑިއާ އިން ޑިޒާސްޓަރ ރިސްކް ރިޑަކްޝަން 2019" ގެ ނަމުގައި ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖައްސައިފި...

17 Apr 2019 | 12:23

މޯލްޑިވްސް މީޑިއާ ކައުންސިލާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯތިޓީ ގުޅިގެން "ވޯކްޝޮޕް އޮން ރޯލް އޮފް މީޑިއާ އިން ޑިޒާސްޓަރ ރިސްކް ރިޑަކްޝަން 2019" ގެ ނަމުގައި ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މީޑިއާ ކައުންސިލުން ބުނީ، މި ވޯކްޝޮޕް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ، ކާރިސީ ހިރާސް ކުޑަކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ މުއައްސަސާތަކާއި މީޑިއާތަކާއި އޮތް ގުޅުން މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ. އަދި މީޑިއާ މެދުވެރިކޮށް ކާރިސީ ހިރާސް ކުޑަކުރުމުގރ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހިންގުމަށް ކަމަށްވެސް މީޑިއާ ކައުންސިލުން މައުލޫމާތު ދެއެވެ.

މީޑިއާ ކައުންސިލުން އިތުރަށް ބުނީ، މި ވޯކްޝޮޕްގެ ސަބަބުން، ކާރިސީ އެކި މަރުހަލާތަކުގައި މީޑިއާތަކުން ރިޕޯޓް ކުރަންޖެހޭ މިންގަނޑުތަކާއި އެހެން ގައުމުތަކުގައި ރިޕޯޓިން ގެންގުޅެން އުސޫލުތައް ބައިވެރިންގެ މެދުގައި ހިއްސާކުރެވިގެން ދާނެ ކަމުގައެވެ.

މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ 30 އެޕްރީލް ވާ ދުވަހުގެ 9:00 އިން 12:00 އަށެވެ.

މި ވޯކްޝޮޕްގައި ބައިވެރިވަން ބޭނުންވާ ނޫސްވެރިން 22 އެޕްރިލްވާ ހީމަދުވަހުގެ 13:30 ގެ ކުރިން މީޑިއާ ކައުންސިލަށް ލިއުމަކުން އެންގުމަށް މީޑިއާ ކައުންސިލުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް