ނިމިދިޔަ އިންތިހާބަކީ މިނިވަން އިންތިހާބެއްތޯ މަޖިލީހުން ބަލަންޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވެއްޖެ

މިމަހުގެ ހަ ވަނަ ދުވަހު ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ މިނިވަން އިންތިހާބެއްތޯ ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ މިއަދު ވިދާ...

17 Apr 2019 | 10:33

މިމަހުގެ ހަ ވަނަ ދުވަހު ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ މިނިވަން އިންތިހާބެއްތޯ ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ނިމިދިޔަ އިންތިހާބު މިނިވަންތޯ ބެލުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އީސީގެ މެމްބަރުން ހާޒިރު ކުރަން ޖެހޭ ކަމަށެވެ. އަދި އިންތިހާބަށްފަހު ބައެއް ވޯޓު ފޮށިތައް އަލުން ގުނި ކަމަށާއި، އަނެއްބައި ވޯޓު ފޮށިތައް އަލުން ނުގުނީ ކީއްވެތޯ އީސީގެ މެމްބަރުންނާ ސުވާލު ކުރަން ޖެހޭ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އެގޮތަށް އެކަންކަން ނިންމުމުގައި އީސީއަށް ލިބިފައި އޮތީ ކޮން އިހްތިޔާރެއްތޯ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އީސީއާ ސުވާލު ކުރައްޖެހޭކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ ނިމިދިޔަ އިންތިހާބުގައި ފޮނަދޫ ދާއިރާއަށް ވާދަކުރައްވައި، ނާކާމިޔާބުވެފައެވެ. ފޮނަދޫ ދާއިރާގެ ވޯޓު ފޮށިތައްވެސް ވަނީ ދެފަހަރަށް ގުނާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް