ރޯދަމަހަށް ހާއްސަކޮށްގެން މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރަނީ

1440 ވަނަ ރަމަޝާން މަސް ފެށެން 18 ދުވަހަށް ވެފައިވާއިރު، މޯލްޑިވިއަނުން ރަމަޝާން މަހަށް ހާއްސަކޮށްގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމުގެ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން ރާއް...

17 Apr 2019 | 10:13

1440 ވަނަ ރަމަޝާން މަސް ފެށެން 18 ދުވަހަށް ވެފައިވާއިރު، މޯލްޑިވިއަނުން ރަމަޝާން މަހަށް ހާއްސަކޮށްގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމުގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުރާ ދަތުރުތަކުގެ އަގު ވަނީ ހެޔޮ ކޮށްފައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 5 ން ފެށިގެން އެ މަހުގެ 28 ގެ ނިޔަލަށެވެ.

މޯލްޑިވިއަނުން ރޯދަމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި، ދަރަވަންދޫއަށް 999ރ. އަށް ދަތުރު ކޮށްލެވޭނެއެވެ. އަދި ކުޑަހުވަދޫ އަށް 1388ރ. އަށް ދަތުރުކުރެވޭއިރު، އިފުރަށް 1338ރ. އަށް ދަތުރުކުރެވޭނެއެވެ. ހަނިމާދޫ، ކައްދޫ އަދި ތިމަރަފުއްޓަށް 1477ރ. އަށް ދެވޭއިރު، ކޫއްޑޫ އަދި ކާޑެއްދޫއަށް 1515ރ. އަށް ދަތުރުކުރެވޭނެއެވެ. މީގެ އިތުރުން މި ޕްރޮމޯޝަނުގެ ދަށުން، ގަން އަދި ފުވައްމުލަކަށް 1544ރ. އަށް ދަތުރުކުރެވޭނެއެވެ.

މީގެ ކުރިން މޯލްޑިވިއަނުން ވަނީ ޖެނުވަރީ މަހުގެ 10 ވަނަ ދުވަހު އެތެރޭގެ އުދުހުންތަކުގެ އަގަށް ބަދަލު ގެނެސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް