ދިވެހީންގެ މަގުބޫލުކަން ހޯދާފައިވާ މަންޗީ މާރީ ބިސްކޯދާއި ރިޓްޒްބަރީ ކުކިން ޗޮކޮލެޓްގެ ވަރަށް ހާއްސަ ޕްރޮމޯޝަނެއް، މި އުފެއްދުންތައް ރާއްޖެ އެތެރެކޮށް މާކެޓްކުރާ ޕިރަމިޑުން ފަށައިފިއެވެ.
ހާއްސަކޮށް ރޯދަ މަހު ރޯދަ ވީއްލާ ވަގުތަށް މަންޗީ މާރީ ބިސްކޯދާއި ރިޓްޒްބަރީ ކުކިން ޗޮކޮލެޓް ބޭނުންކޮށްގެން ބިސްކޯދު ޕުޑިން ހެދުމަކީ ދިވެހި ގޭބިސީތަކުގައި އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. ސުފުރާ މައްޗަށް ފޮނި ރަހަ ގެނެސްދެނީ މަންޗީ މާރީ ބިސްކޯދާއި ރިޓްޒްބަރީ ކުކިންގް ޗޮކޮލެޓްގެ މި ކޮމްބިނޭޝަނުންނެވެ.
މި ޕްރޮމޯޝަނާއި ބެހޭގޮތުން ދުވަހަށް މައުލޫމާތުދެމުން ޕިރަމިޑުން ބުނީ މި ޕްރޮމޯޝަނަކީ ބަރަކާތްތެރި ރަމަޟާން މަހަށް ހާއްސަ ޕްރޮމޯޝަނެއް ކަމަށާއި މި ޕްރޮމޯޝަނަކީ އާއްމު ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ހުޅުވާލެވިގެން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.
މިގޮތުން މަންޗީ މާރީ ބިސްކޯދުގެ 400ގްރާމް ޕެކެޓަކާއި ރިޓްޒްބަރީ ކުކިން ޗޮކޮލެޓްގެ 400 ގްރާމްގެ ޗޮކޮލެޓެއް އެންމެ 60 ރުފިޔާއަށް ލިބޭނެ ކަމުގައި ޕިރަމިޑުން ހާމަކުރެއެވެ. އަދި ކޮންމެ ޕެކޭޖަކާއެކު، މަންޗީ މާރީ ބިސްކޯދާއި ރިޓްޒްބަރީ ޗޮކޮލެޓް ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ ކެއުމެއްގެ ތިން ރެސިޕީއެއް ހިލޭ ލިބިގެންދާނެ ކަމުގައިވެސް ޕިރަމިޑުން ހާމަކުރެއެވެ.މި ޕެކޭޖު ކުރިން ނަމަ ލިބޭނީ 85 ރުފިޔާއަށެވެ.
ވިޔަފާރި ކުރައްވާ ފަރާތްތަކަށްވެސް މި ޕެކޭޖު ހާއްސަ ކޮށްފައިވާއިރު ކާޓަން އެއް އެންމެ 318 ރުފިޔާއަށް ލިބޭނެ ކަމުގައިވެސް ޕިރަމިޑުން ހާމަކުރެއެވެ. މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ މި މަހުގެ 10 އިން ފެށިގެން ރޯދަ މަހުގެ ނިޔަލަށެވެ.
ޕިރަމިޑް ކުންފުންޏަކީ ދިވެހީންގެ މަގްބޫލުކަން ހޯދާފައިވާ ގިނަ އުފެއްދުންތަކެއް ރާއްޖެ އެތެރެކޮށް މާކެޓް ކުރަމުން އަންނަ ކުންފުންޏެކެވެ. ޕިރަމިޑް ފިހާރަ ހުންނާނީ އެސްޓީއޯ ޓްރޭޑް ސެންޓަރު ކުރިމަތީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް