ވީއޭއެމްކޯއިން "އިންޖީން ޔަގީން ޕްރޮމޯޝަން" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަން އެއް ފަށައިފިއެވެ.
ބޮޑެތި ޑިސްކައުންޓްތަކާކާއެކު ވީއޭއެމްކޯއިން މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ ޖޫން މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ބައްލަވައިގަންނަވާ ކޮންމެ ޑޫސާން ޑައިވޫ އަދި ނަންނި މެރިން ޑީސަލް އިންޖީނަކާއެކު %20 އާ ހަމައަށް ކޭޝް ޑިސްކައުންޓާއި އަދި ހިލޭ އިންސްޓަލޭޝަން ސާމާނު ލިބޭނެކަމަށް ވީއޭއެމްކޯއިން ބުންޏެވެ.
މީގެއިތުރުން ގަންނަ ކޮންމެ އިންޖީނަކާއިއެކު އަޑީތެލާއި ކޫލަންޓްގެ އިތުރުން އެ އިންޖީނު ހިލޭ އިންސްޓޯލްކޮށްދޭނެ ކަމަށާއި އެ އިންޖީނު އިންސްޓޯލްމަންޓް އަށް ވެސް ނެގޭނެ ކަމަށް ވީއޭއެމްކޯއިން ވަނީ ބުނެފައެވެ.
ވީ.އޭ.އެމް. ކޯ އިން ވިއްކާ ޑޫސާން ޑައިވޫ އަދި ނަންނި މެރިން އިންޖީނަކީ ރާއްޖޭގެ 500 އަށްވުރެ ގިނަ އޮޑީގައި ބޭނުންކުރަމުން އަންނަ އިތުބާރު ލިބިފައިވާ ބްރޭންޑެތަކަކަށްވާއިރު، އެންމެ ފަހުން ބޭއްވުނު 3 މޯލްޑިވްސް ބޯޓިންގ އެވޯޑުގައިވެސް އެންމެ މަޤުބޫލު މެރިން އިންޖީނުގެ އެވޯޑާއި، އެންމެ ރަގަޅު މެރިން އިންޖިނިއަރިން ސަރވިސް ޚިދުމަތްދޭ ފަރާތަކަށް މިކުންފުނީގެ ފަރާތުން ވިއްކާ އިންޖީނުތަކާއި ދެމުން ގެންދާ ޚިދުމަތްތަކަށްވަނީ ލިބިފައެވެ.
މީގެއިތުރުން މި އިންޖީނުތަކަކީ ގިނަ ދުވަހަށް ގެންގުޅެވޭ، އަގުހެޔޮ، ތެޔޮ ޚަރަދު ކުޑަ އިންޖީނުތަކެކެވެ. އަދި ދުވެލި ބާރު، އަޑުމަޑު، ވައިބްރޭޝަން ކުޑަ އިންޖީނެކެވެ. އަދި 160 ހޯސްޕަވަރުން ފެށިގެން 1200 ހޯސްޕަވަރާ ދެމެދުގެ ލައިޓް، މީޑިއަމް އަދި ހެވީ ޑިއުޓީ ޑޫސާން ޑައިވޫ އިންޖީނުގެ އިތުރުން 10 ހޯސްޕަވަރުން ފެށިގެން 135 ހޯސްޕަވަރާއި ދެމެދުގެ ނަންނި މެރިން އިންޖީނު ޚާއްސަކުރެވިފައިވަނީ ކުދި ދޯނިފަހަރުތަކަށެވެ. އަދި ވީއޭއެމްކޯގެ ސަރވިސް ސެންޓަރުންނާއި ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް އިންޖީނު މަރާމާތުކޮށް ސަރވިސްކުރުމުގެ ޚިދުމަތް ލިބިވަޑައިގަންނަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް