ޓެކްސީ މީޓަރެއްގެ ގޮތުގައި މޮބައިލް އެޕްލިކޭޝަންއެއް

ޓެކްސީ ދަތުރުތައް އަގުބޮޑު ވުމުގެ ޝަކުވާތައް ގިނަ ވުމުގެ ސަބަބުން. ޓެކްސޯ މީޓަރުގެ ބަދަލުގައި މޮބައިލް އެޕްލިކޭޝަން އެއް ބޭނުން ކުރަން ނިންމައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފައިވަނީ މީޓަރުގެ...

17 Apr 2019 | 07:17

ޓެކްސީ ދަތުރުތައް އަގުބޮޑު ވުމުގެ ޝަކުވާތައް ގިނަ ވުމުގެ ސަބަބުން. ޓެކްސޯ މީޓަރުގެ ބަދަލުގައި މޮބައިލް އެޕްލިކޭޝަން އެއް ބޭނުން ކުރަން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފައިވަނީ މީޓަރުގެ ގޮތުގައި މޮބައިލް އެޕްލިކޭޝަން ބޭނުން ކުރަން އެ މިނިސްޓްރީން ނިންމާފައިވާ ކަމަށާއި އޭގެ ތަފުސީލް މައުމޫމާތުތައް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.

ޓެކްސީގެ މައްސަލަތަކާއި ޝަކުވާތައް ރާއްޖޭގައި ބޮޑު ވެފައި ވާއިރު، ޓެކްސީތަކުގައި ބޭނުން ކުރެވޭނީ ސަރުކާރުން ހުއްދަ ދީފައިވާ ވަކި އެޕްލިކޭޝަންތަކެއް ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ ޓެކްސީ އެޕްލިކޭޝަންގެ ހިދުމަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ފެށޭވަރު ވާނެކަމަށެވެ.

މާލޭގައި އަދި ހުޅުމާލޭގައި ޓެކްސީ ދަތުރަކަށަ ނަގަމުން އަންނަނީ 25 ރުފިޔާއެވެ. އަދި މިހާރު ބްރިޖުން ހުޅުމާލެ އަށް ނުވަތަ ހުޅުލެއަށް ކުރާ ޓެކްސީ ދަތުރުތަކަށް ނަގަނީ 100 ރުފިޔާގެ ފީއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް