ރޯދަމަހު ޙާފިޒުންނާއި، ޤާރީން ގެނައުމަށް 45 ދުވަހުގެ ވިސާއެއް ދޭން ނިންމައިފި

މިއަހަރުގެ ރަމަޟާން މަހު މިސްކިތް ތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުގެ ހާފިޒުންނާއި ޤާރީން ގެނައުމަށް 45 ދުވަހުގެ ސްޕެޝަލް ވިސާއެއް ދޭން ނިންމައިދިއެވެ. ބޭރުންގެންނަ ހާފިޒުންނ...

17 Apr 2019 | 06:49

މިއަހަރުގެ ރަމަޟާން މަހު މިސްކިތް ތަކުގައި ޙިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުގެ ހާފިޒުންނާއި ޤާރީން ގެނައުމަށް 45 ދުވަހުގެ ސްޕެޝަލް ވިސާއެއް ދޭން ނިންމައިދިއެވެ.

ބޭރުންގެންނަ ހާފިޒުންނާއި ޤާރީންނަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ގެނައުމަށް ހުއްދަ ދީފައިވާ ބަޔަކަށް ވާންޖެހޭއިރު، މިބޭފުޅުން ގެނައުމަށް ވިސާއަށް އެދި ހުށަހެޅުމުގެ ފުރުސަތު އިމިގްރޭޝަނުން ވަނީ އީމެއިލް މެދުވެރިކޮށް ހުޅުވާލާފައެވެ.

މި އިންތިޒާމުގެ ދަށުން ވިސާއަށް އެދި ހުށަހަޅާއިރު، ސްޕެޝަން ވިސާ އެޕްލިކޭޝަން ފޯމް އަދި މިކަމާބެހޭ ލިޔެކިޔުންތައް އިމިގްރޭޝަންގެ އީމެއިލްއަށް ފޮނުވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައިކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު އިޢުލާނެއްގައި ބުނެފައިވެއެވެ.

އަދި"ސްޕެޝަލް ވިސާ"ގެ ދަށުން ބިދޭސީ ޙާފިޒުންނާއި ޤާރީން ރާއްޖެ ގެނައުމަށްޓަކައި، އައުމުގެ ފަސް ދުވަސް ކުރިން ލިޔެކިޔުންތަކާއެކު އިމިގްރޭޝަންއަށް ހުށަހަޅަންޖެހޭ ކަމަށް ވެސް ބުނެފަވެއެވެ.

މި ވިސާގެ ދަށުން 45 ދުވަހު ރާއްޖޭގައި ތިބުމުގެ ހުއްދަ ލިބިފައިވާއިރު، މި އިންތިޒާމުގެ ދަށުން އެތެރެވާ ބިދޭސީއަކީ ސަރުކާރުގެ އިދާރާއަކުން ގެންނަ ފަރާތެއްނަމަ އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ކަމަށާއި ނަމަވެސް ބިދޭސީ ފަރާތެއް ގެންނަނީ ޖަމްޢިއްޔާއަކުން ނަމަ، ވިސާފީގެ ގޮތުގައި 750 ރުފިޔާ ދައްކަން ޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް