ވިހެއުމަށްފަހު ދަރި މަރުވާން މިސްކިތަށް ދޫކޮށްލި މަންމައަކު މެލޭޝިޔާގައި ހައްޔަރުކޮށްފި

ފިރިހެން ދަރިއަކު ވިހެއުމަށްފަހު، އެ ދަރި މަރުވާން މިސްކިތަށް ދޫކޮށްލި މަންމައަކީ މެލޭޝިޔާގައި ހައްޔަރުކޮށްފިއެވެ. މެލޭޝިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މި ކަން ފެންމަތި ވެފައިވަނީ އިއްޔެގެ ވ...

17 Apr 2019 | 06:43

ފިރިހެން ދަރިއަކު ވިހެއުމަށްފަހު، އެ ދަރި މަރުވާން މިސްކިތަށް ދޫކޮށްލި މަންމައަކީ މެލޭޝިޔާގައި ހައްޔަރުކޮށްފިއެވެ.

މެލޭޝިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މި ކަން ފެންމަތި ވެފައިވަނީ އިއްޔެގެ ވަގުތެއްގައި އެ މިސްކިތަށް ފަތިސް ނަމާދަށް ދިޔަ މީހަކު ފުލުހުންނަށް ގުޅުމުންނެވެ.

ފުލުހުން ދިޔައިރު އެ ކުއްޖާ އޮތީ މަރުވެފައެވެ. އަދި އަނިޔާކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ. އެ ކުއްޖާ ކައިރީގައި ލިޔުމެއް ބާއްވާފައި އޮތް އިރު އެ ލިޔުމުގައި ބުނެފައިވަނީ ހަމަ އެކަނި އުފަންވި ތާރީހެވެ. ތާރީހަކަށް ޖަހާފައި އިނީ މި މަހުގެ 13 ވަނަ ދުވަހެވެ.

މި މައްސަލައިގާ ހައްޔަރު ކޮށްފައިވަނީ އުމުރުން 20 އަހަރުގެ އަންހެނެކެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު އެ ކުއްޖާ މަރުވީ އަނިޔާ ކުރުމުގެ ސަބަބުންތޯ ނުވަތަ އެހެން ސަބަބަކާހެދިތޯ ބަލަމުން އަންނަކަމަށް މެލޭޝިޔާގެ ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް