ތިނަދޫގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރއެއް ހުޅުވައިފި

ތިނަދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ މިއަދު ހުޅުވައިފިއެވެ. މި ސެންޓަރ ހުޅުވައިދެއްވާފައިވަނީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތ...

17 Apr 2019 | 06:30

ތިނަދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ މިއަދު ހުޅުވައިފިއެވެ.

މި ސެންޓަރ ހުޅުވައިދެއްވާފައިވަނީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ގދ.ތިނަދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތަކަށް ފަރުވާދިނުމަށް ގާއިމް ކޮއްފައިވާ ސެންޓަރ ހުޅުވައިދެއްވުމަށް ފަހު މިނިސްޓަރ ޝިދާތާ ވަނީ އެ ތަނާއި، އެ ތަނުގައި ދެވޭ ފަރުވާތައް ބައްލަވާލައްވާފައެވެ. އެގޮތުން، މި ސެންޓަރުން ދެވޭ ހިދުމަތް ތަކުގެ ތެރޭގައި  ޑީޓޮކްސިފިކޭޝަން ފަރުވާއާއި ކޮމިޔުނިޓީ ރިހެބިލިޓޭޝަން ފަރުވާއާއި ސައިކޯސޯޝަލް ފަރުވާގެ އިތުރުން ފަރުވާ ނިމިގެން މުޖުތަމަޢުއަށް އަހުލުވެރިކުރުވުމަށް ބޭނުންވާ ހުނަރުތައް އަށަގެންނެވުން ހިމެނެއެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ގާއިމުކުރަން ހަމަޖެހިފައިވާއިރު، އައްޑޫ ސިޓީ ހިތަދޫއާއި ހދ.ހަނިމާދޫގައި ގާއިމުކުރެވުނު ސެންޓަރތަކާއެކު ތިން ސަރަހައްދެއްގައި ސެންޓަރތައް ގާއިމް ކުރުން ވަނީ ފުރިހަމަވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް