ދިރާގުގެ 30 ވަނަ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި

މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބާއްވަމުން އަންނަ، އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ރޭ ކުރިއަށް ދިޔަ މި ޖަލްސާގައި ތަފާތު 78 މުވައްޒަފަކަށް ވަނީ ...

17 Apr 2019 | 06:16

މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބާއްވަމުން އަންނަ، އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.

ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ރޭ ކުރިއަށް ދިޔަ މި ޖަލްސާގައި ތަފާތު 78 މުވައްޒަފަކަށް ވަނީ އިނާމުދީފައެވެ.

އެގޮތުން، މި ހަފްލާގެ އެންމެ ޝަރަފްވެރި އިނާމުކަމަށްވާ ޗެއަޕާސަންސް އެވޯޑް ހާސިލްކޮށްފައިވަނީ އެސިސްޓެންޓް މެނޭޖަރ ލީގަލް އެންޑް ރެގިއުލޭޓަރީ ފާތިމަތު ޝޫޒީއެވެ. އަދި އައުޓްސްޓޭންޑިންގ ލީޑަރ އެވޯޑް ކާމިޔާބު ކުރައްވާފައިވަނީ މެނޭޖަރ ހެލްތް އެންޑް ސޭފްޓީ މުހައްމަދު ޝަފީއު އަދި ޕްރޮޑަކްޓް މެނޭޖަރ މޮބައިލް މަނީ އެންޑް ޑިޖިޓަލް ކޮމާސް މުހައްމަދު ނަހުޝާނެވެ.

މި އިނާމުތަކުގެ އިތުރުން، މި ހަފްލާގައި ލޮންގްސަރވިސް އެވޯޑް، އިނޮވޭޝަން އެވޯޑް، ޑިވިޝަންލް މެރިޓް އެވޯޑް, އަދި ސްޕެޝަލް މެރިޓް އެވޯޑްތައް މުވައްޒަފުންނަށް ވަނީ ލިބިފައިވެއެވެ.

އިނާމު ދިނުމުގެ ޖަލްސާގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި މުވައްޒަފުން ފޯރުކޮށްދޭ ހިދުމަތުގެ އަގުވަޒަންކޮށް އެކަމަށް ތަރުހީބު ދިނުން ކަމަށް ދިރާގުން ބުންޏެވެ. އަދި މުވައްޒަފުންގެ ކުރިއެރުމާއި މަންފާއަކީ ދިރާގުން އިސްކަމެއްދޭ ކަމެއް ކަމަށް ވެސް ވަނީ ފާހަގަ ކޮއްފައެވެ.

ރޭގައި ބޭއްވި ޖަލްސާއަކީ މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން މެދުނުކެނޑި ބޭއްވި 30 ވަނަ އިނާމު ދިނުމުގެ ޖަލްސާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް