ވަގަށް ނެގި ބުރުމާއެއް ވިއްކާލާފައިވަނިކޮށް ފުލުހުން ހޯދައިފި

ވަގަށް ނެގި ބުރުމާއެއް ގެއްލިގެން ރިޕޯޓްކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ހޯދާފައިވާކަމަށް ފުލުހުން ބުނެފިއެވެ. މި ބުރުމާ ހޯދާފައިވަނީ ވިއްކާލާފައިވަނިކޮށް ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ކު...

17 Apr 2019 | 06:06

ވަގަށް ނެގި ބުރުމާއެއް ގެއްލިގެން ރިޕޯޓްކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ހޯދާފައިވާކަމަށް ފުލުހުން ބުނެފިއެވެ. މި ބުރުމާ ހޯދާފައިވަނީ ވިއްކާލާފައިވަނިކޮށް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީ ގެއަކުން މިކަން ރިޕޯޓްކުރީ އިއްޔެ ރޭ 07:00 ހާއިރު ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅިތާ ހަތަރު ގަޑިއިރު ތެރޭ އެ ބުރުމާ ހޯދާފައިވާކަމަށާއި ހޯދީ ވިއްކާލާފައިވަނިކޮށް ކަމަށް ފުލުހުން ބުނެއެވެ.

އިތުރަށް ބުނެފައިވަނީ މި މައްސަލައިގާ 39 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށާއި މައްސަލަ އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް