ދުބާއީގެ ސްކޫލެއްގައި ދަރިވަރުންނަށް ގޭގައި ކުރާނެ މަސައްކަތް ހަވާލު ނުކުރާ ގޮތަށް "ނޯ ހޯމްވޯކް" ޕޮލިސީ ގާއިމް ކޮށްފި އެވެ.
ދަ ރައިޒިން ސްކޫލް ނަމަކަށްކިޔާ މި ސްކޫލުގައި މި ޕޮލިސީ ގާއިމް ކޮށްފައިވަނީ ދާދި ފަހުން ސްޓޭންފޯޑް ޔުނިވާސިޓީން ކޮށްފައިވާ ދިރާސާއަކަށް ރިއާޔަތް ކޮށެވެ. އެ ދިރާސާގައިވާގޮތުގައި ހޯމް ވޯކް ދިނުމުން ދަރިވަރުންގެ ޖުމްލަ ކިޔެވުމަށް ނޭދެވޭ އަސަރުތަކެއް ކުރެ އެވެ.
އެމެރިކަން ކަރިކިލަމަށް ކިޔަވައިދެމުންއ އަންނަ އެ ސްކޫލުން ބުނެފައިވަނީ އެ ޕޮލިސީ ގާއިމްކުރީ ގިނަ ސަބަބުތަކަކާއެކު ކަމަށެވެ. އެގޮތުން ދަރިވަރުންނަށް ސްޓްރެސް ދޭން ބޭނުން ނުވުމާއި ހުރިހާ ބެލެނިވެރިންނަކީ ހޯމްވޯކް ހެދުމުގައި ދަރިވަރުންނަށް އެހީތެރިވެވޭނެ ބައެއްކަމަން ނުދެކޭ ކަމުގައިވެސް އެ ސްކޫލުން ބުނެފައި ވެ އެވެ.
އެ ސްކޫލުން އިތުރަށް ބުނެފައިވަނީ މި ޕޮލިސީ ގާއިމް ކުރުމުން ދަރިވަރުން ސްކޫލުގައި ނޫޅޭ ވަގުތުތަކުގައި އެ ދަރިވަރުންގެ "ހޮބީ" އާއިގެން މަސައްކަތް ކުރުމަށް އިތުރަށް ފުރުސަތު ލިބިގެންދާނެ ކަމަށާއި އާހިރު ނަތީޖާގައި ދަރިވަރުންގެ ކިޔެވުމުގެ ކޮލިޓީ ރަނގަޅުވާނެ ކަމުގައި އުންމީދު ކުރެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް