ވޭޓަރުންގެ ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންތިބޭ ރެސްޓޯރެންޓެއް އިންޑިއާގައި

ވޭޓަރުންގެ ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ ރެސްޓޯރެންޓެއް އިންޑިއާގައި ހިންގަމުން އަންނައިރު ބައިނަލްއަގްވާމީ މީޑިއާގެ ސަމާލުކަން މި ރެސްޓޯރެންޓަށް ލިބިއްޖެ އެވެ. އެކޯސް ކެފޭ ނަމުގައި ހި...

16 Apr 2018 | 22:21

ވޭޓަރުންގެ ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ ރެސްޓޯރެންޓެއް އިންޑިއާގައި ހިންގަމުން އަންނައިރު ބައިނަލްއަގްވާމީ މީޑިއާގެ ސަމާލުކަން މި ރެސްޓޯރެންޓަށް ލިބިއްޖެ އެވެ.

އެކޯސް ކެފޭ ނަމުގައި ހިންގަމުން އަންނަ މި ރެސްޓޯރެންޓްގެ ގޮތުގައި ސާވިސް ދާއިރާގައި މަސައްކަތް ކުރަމުން އަންނަނީ ލޮލުގެ ވާހަކަ ދެއްކުމުން މަހުރޫމުވެފައިވާ މީހުންނާއި އަޑު އިވުމުން މަހްރޫމް ވެފައިވާ މީހުންނެވެ. 2015 އިން ފެށިގެން މި ރެސްޓޯރެންޓް ހިންގަމުން އަންނަނީ މިފަދަ މުވައްޒަފުންނާއި އެކުގައި އެވެ.

މި ރެސްޓޯރެންޓްގެ ވެރިޔާ ޕްރަތީކް ބައްބަރު ބުނެފައިވަނީ ކޮންމެ މޭޒެއްގައިވެސް ރެސްޓޯރެންޓްގެ ލައިޓް ސިސްޓަމާއި ގުޅިފައިވާ ސްވިޗެއް އިންނާނެ ކަމަށާއި އެ ސްވިޗަށް ފިތާލުމުން ހިދުމަތް ދިނުމަށް ވޭޓަރުން ދާނެ ކަމަށެވެ. އަދި ހާއްސަ ކިއު ކާޑެއް ކޮންމެ މޭޒެއްގައި ބާއްވާފައި އޮންނައިރު، އޯޑަރު ކުރުމަށާއި ބިލް ގެނައުމަށް ކިއުކާޑް މެދުވެރިކޮށް ފަސޭހަ ކަމާއެކު ކަސްޓަމަރުންނަށް އެދެވޭނެ ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ އިތުރު މުވައްޒަފުން އެ ރެސްޓޯރެންޓަށް ބޭނުންވާ ކަމަށާއި ޓްރޭން ކޮށްދޭނެ ކަމަށެވެ. އަދި އެހެން ކެފޭ ރެސްޓޯރެންޓްތަކުގައި ދެމުން އަންނަ އުޖޫރައާއި އެއްވަރުގެ މުސާރައެއް މިހާރުވެސް ދެމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް