ސައުދޫ ރަސްގެފާނު، ކިންގް ސަލްމާން ބިން އަބްދުލްއަޒީޒް، ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހިދު ޚަޤާން އައްބާސީ އާއި އިއްޔެ ބައްދަލުކުރައްވައިފި އެވެ.
މި ދެ ބޭފުޅުންގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސައުދީ ޝާހީ ގަނޑުވަރުގައި އެވެ.
މި ދެބޭފުޅުންގެ މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާއި ގުޅިގެން ކުރެވިދާނެ ކަންކަމާއިމެދު މަޝްވަރާ ކުރައްވާފައިވާކަމުގައި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އިއްޔެގެ މި ބައްދަލުކުރެއްވުމުގައި ސައުދީ އިންޓީރިއަރ މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ސައުދު، ސްޓޭތޓް މިނިސްޓަރު ޑރ. މުސައިދު އަލް އައިބަން، ފޮރިން މިނިސްޓަރު އަދެލް އަލް ޖުބައިރު އަދި ސައުދީއަށް ޕާކިސްތާނުން ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު ނަވާފް އަލް މާލިކީ ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް