ކަރަންޓީނަށް ދާން ދެކޮޅު ހެދި މީހަކު ވިލިމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އައި ދިވެއްސަކު ގޭގައި އައިސޮލޭޓްވެގެން ހުންނަން އެންގުމުން އެކަމަށް އެއްބާރުލުން ނުދީ ކަރަންޓީނަށް ދާން ދެކޮޅު ހެދި މީހަކު ވިލިމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނ...

17 Mar 2020 | 15:32

ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އައި ދިވެއްސަކު ގޭގައި އައިސޮލޭޓްވެގެން ހުންނަން އެންގުމުން އެކަމަށް އެއްބާރުލުން ނުދީ ކަރަންޓީނަށް ދާން ދެކޮޅު ހެދި މީހަކު ވިލިމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށުން މިހާރު ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ހަވާލުކޮށްފައި އެވެ. އެމީހާ މިހާޜު ފަރުކޮޅުފުށީ ކަރަންޓީން ފެސިލިޓީއަށް ވަނީ ގެންގޮސްފައި އެވެ.

ފުލުހުން ބުނީ އެމީހާ އެޗްޕީއޭއާއި ހަވާލު ކުރީ މިއަދު ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ބުނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގަވާ އެންގުންތަކާއި ހިލާފުވާ ފަރާތްތަކުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ އަލާމާތްތައް ފެންނަ މީހުން ކަރަންޓީންކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގަވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ34 ވަނަ މާއްދާ އާއި33 ވަނަ މާއްދާގެ ދަށުންނެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާޅުވީ ވިލިމާލެއިން ފުލުހުންގެ ބެލުމުގެ ދަށުން އެޗްޕީއޭއާއި ހަވާލު ކުރި މީހާ ދަތުރުކޮށްފައިވަނީ ސައުތް ކޮރެއާއަށް ކަމަށެވެ. އެކަމަކު އެމީހާ ގޭގައި އައިސޮލޭޓްވާން އެންގީ ދަތުރުކޮށްފައިވަނީ ރާއްޖެއިން ދަތުރު ކުރުން މަނާކޮށްފައިވާ ސިޓީއަކަށް ނުވާތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް