މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ވަކި މުއްދަތަކަށް ރާއްޖެ "ލޮކްޑައުން" ކުރަން ދީނީ އިލްމް ވެރިން ގުޅިގެން އުފެދިފައި ވާ ޖަމިއްޔާއެއްކަމަށްވާ އިލްމުވެރިންގެ ގުޅުމުން ގޮވާލައިފި އެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ވެސް ހިފެހެއްޓުމެއްނެތި ކޮރޯނާ ވައިރަސް ފެތުރެން ފަށައިފިނަމަ، ދެން ދިމާވާނެ ނުރައްކާތެރިކަމާއި ގެންލުން ބޮޑު ވާނެ ކަމަށެވެ. އަދި މުޅި ރާއްޖެ ވަކި މުއްދަތަކަށް، "ލޮކްޑައުން" ކުރުމަށް ރާއްޖޭގެ ޢިތުބާރުހުރި ޑޮކްޓަރުން އިލްތިމާސްކޮށް ގޮވާލައްވަމުން ދާ ދިއުމަށް އެ ޖަމިއްޔާއިން ތާއީދު ކުރާ ކަމަށެވެ.
އަދި އެއީ ދީނުގެ ޝަރުޢީ މަސްލަޙަތު މިވަގުތާއި ޙާލަތަށް ނިޔާކުރާ ގޮތް ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެ އެވެ.
މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަސް ޖެހިފައިވާ13 މީހުން ފެނިފައިވާއިރު ނުވަ މީހުންނަކީ އިޓަލީގެ ޓޫރިސްޓުންނެވެ.
މުޅި ރާއްޖެއަށް ވައިރަސް ފެތުރުނަ ނުދިނުމަށް އެޗްޕީއޭއިން ގެންދަނީ ވަރުގަދަ ދިޔަވަޅުތަކެއް އަޅަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް