ކޯވިޑް-19: ދިރާގުން ޚާއްސަ ޑިސްކައުންޓްތަކެއް ދޭން ނިންމައިފި

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ޚާއްސަ ޑިސްކައުންޓްތަކެއް ދޭން ނިންމައިފިއެވެ. އެގޮތުން ބ...

17 Mar 2020 | 05:24

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ޚާއްސަ ޑިސްކައުންޓްތަކެއް ދޭން ނިންމައިފިއެވެ.

އެގޮތުން ބިޒްނަސް ޕިކްސްޑް ބްރޯޑްބޭންޑްގެ ޕެކޭޖުތަކުގެ މަހުފީ އިން %25 ޑިސްކައުންޓެއް މާރިޗު އަދި އެޕްރިލް މަހަށް ދޭންވަނީ ނިންމާފައިވާ ކަމަށް ދިރާގުން ބުނެއެވެ. މީގެ އިތުރުން ގެސްޓް ހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހުފީއިން ވެސް %25 ޑިސްކައުންޓް ދޭގޮތަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

ދިރާގުން ބުނީ ކޮވިޑް 19 އާ ގުޅިގެން ދިރާގުން ދަނީ ކަސްޓަމަރުންނަށް އެކި ގޮތް ގޮތުން ލުއި ފަސޭހަތައް ދިނުމަށް މަސައްކަތްކުރަމުންކަމަށެވެ.

އެގޮތުން، ދިރާގުގެ ރެސިޑެންޝަލް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިއްޔެ %30 އިތުރު ޑޭޓާ ދީފައިވާއިރު، ދިރާގުން މޮބައިލް އަދި އިތުރު ކަސްޓަމާ ސެގްމެންޓްތަކަށްވެސް ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ނިންމާފައިކަމަށް ދިރާގުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް