ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލާ ދުވަސް ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ނައިގަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ މައްސަލަ ހައި ކޯޓުން ނެގުަމށް ފަހު ސުޕްރީމް ކޯޓަށް ހުށަހެޅީ އިިއްޔެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅީ އެ މައްސަލައިގަ ގަުއމު ދުސްތޫރީ ހުސްކަމެއްގެ ތެރެއަށް ހިނގައިދާނެ ފަދަ ކަމެއް އެކުލެވޭތީ އެވެ.
އިލެކްޝަންސް ކޮމިޝަނުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގަ އެދިފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ ދުވަހުން ފެށިގެން އެންމެ މަދުވެގެން30 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅައި ދިނުމަށެވެ. ވޯޓުލާން ކުރިން ހަމަޖެހިފައި އޮތް ދުވަސް ކަމަށްވާ ހަތަރެއް އޭޕްރިލް އިން 18 އޭޕްރިލް އަށް އިންތިހާބު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ބަދަލުކޮށްފައި އެވެ.
އެއީ ގާނޫނު ބުނާޣޮތުން އިންތިހާބުގެ ވޯތުލާ ދުވަސް ފަސް ކުރެވޭނެ އެންމެ ފަހުގެ ތާރީހެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގެ ވޯޓުލާ ދުވަސް އެކަނި ބަދަލުކޮށްގެން ދައުލަތުގެ ބަޖެޓުން އިތުރު ހަރަދެއް ނުހިނގާނެ ކަމަށެވެ. އެއީ އިންތިހާބަށް ވާންޖެހޭ ގާތްގަނޑަކަށް ހުރިހާ ތައްޔާރީއެއް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ ކަމަށެވެ.
ކުއްލި ހާލަތު އުވާލާތާ30 ދުވަހުގެ މުއްދަތެއް ކަނޑައަޅައި ދިނުމަށް އެދިފައިވަނީ ކެމްޕެއިން ކުރުމަށް ކެންޑިޑޭޓުންނަށް ފުރުސަތު ދިނުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާރު އެ ކޮމިޝަނުން ކުރަން ޖެހޭ މަސައްކަތްތަކަށް ހުރީ ވޯޓުލާ ދުވަސް ބަދަލުވުމުން ލިސްޓަށް އިތުރުވާ18 އަހަރުވެފައި ތިބޭ މީހުންނަށް ރީ ރަޖިސްޓްރީވުމަށް ފުރުސަތު ދިނުމާއި ވޯތު ކަރުދާސް ޕްރިންޓު ކުރުމުގެ އިތުރުން އޮފިޝަލުން ތަމްރީން ކުރުން އެކަނިކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް