ޑރ. ޝަހީމް ޖަމީލް އުސްމާނަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި !

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގެމަނަފުށި ދާއިރާއަށ...

17 Mar 2019 | 10:33

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގެމަނަފުށި ދާއިރާއަށް ވާދަކުރައްވާ، އެ ދާއިރާގެ މިހާރުގެ މެމްބަރު ޖަމީލް އުސްމާނަށް ކުރި އިތުބާރު އަނބުރާ ގެންގޮސްފިއެވެ.

ޑރ.  ޝަހީމް އޭނާގެ ފޭސްބުކް ޕޭޖުގައި ޖަމީލް އުސްމާނަށް ތާއީދުކޮށް އެކަން ހާމަކޮށް ސްޓޭޓަސްއެއް ޖެހިއެވެ. ނަމަވެސް މިހާރު ވަނީ އެ ސްޓޭޓަސް ޑިލީޓް ކޮށްފައެވެ. އެހެންކަމުން ބެލެވޭ ގޮތުގައި އެ ސްޓޭޓަސް ޑިލީޓްކުރި ކުރުމަކީ ތާއީދު އަނބުރާ ގެންދިއުމެވެ.

ގެމަނަފުށީ ދާއިރާއަށް ވާދަކުރާ ކެނޑިޑޭޓުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އަލީ އާދިލް، އެމްޑީޕީގެ ޓިކެޓުގައި އަހްމަދު ސައީދު، އެމްއެލްއެސްޑީގެ ޓިކެޓުގައި މުހައްމަދު އިލްހާމް ވާދަކުރެއެވެ. ޖަމީލް އުސްމާން ވާދަކުރަނީ އަމިއްލަ ގޮތުންނެވެ.

ޖަމީލް އުސްމާން އަމިއްލަ ގޮތުން ވާދަކުރާއިރު ޕީޕިއެމް ޕީއެންސީ ކޯލީޝަނުން ޖަމީލް އުސްމާނަށް ކުރި ތާއީދު ވަނީ ނަގާފައެވެ. ޕީޕީއެމް ޕީއެންސީ ކޯލީޝަނުން، އެ ދާއިރާގައި ތާއީދުކުރަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރާ އަލީ އާދިލަށެވެ. .

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް