އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް މިއަދު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސުޝްމާ އަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. މީގެ އިތުރުން ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާއިޝަތު މުހައްމަދު ދީދީ އާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދިރުވެސް އެކަމަނާއަށް މަރުހަބާ ދަންނަވަން އެއާޕޯޓަށް ވަޑައިގަތެވެ.
ސުޝްމާ ރާއްޖެއަށް ވަޑައިގަތީ މިނިސްޓަރު ޝާހިދުގެ ދައުވަތަކަށެވެ. ސުޝްމާގެ މި ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި ސޮއިކުރާނެ އާ އެއްބަސްވުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ބުނެފައެވެ. މި ނޫސްބަޔާނުގައި ބުނެފައިވާ ގޮތުން، ސުޝްމާގެ މި ދަތުރުފުޅުގައި، މިހާރު އެކުލަވާލައިފައިވާ އެއްބަސްވުންތަކާއި، ކުރިއަށް އޮތް ތަނުގައި ގާއިމް ކުރާނެ އެއްބަސްވުންތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް