އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ގަވާއިދު ތަކެއް އެކުލަވާލައިފި

ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން، ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލު ކުރާ ޖަމިއްޔާތަކާއި ޖަމާއަތްތަކާ ގުޅޭ ކަންކަން ބަޔާން ކުރުމަށްޓަކައި އިމާރާތްކުރުމުގެ ގާނޫނުގެ ދަށު...

17 Mar 2019 | 07:41

ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން، ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލު ކުރާ ޖަމިއްޔާތަކާއި ޖަމާއަތްތަކާ ގުޅޭ ކަންކަން ބަޔާން ކުރުމަށްޓަކައި އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ގަވާއިދު އެކުލަވާލައި އާންމުކޮށްފި އެވެ.

އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލު ކުރާ ޖަމިއްޔާތައް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމުގައި ގެންގޫޅޭނެ މިންގަނޑުތައް ކަނޑައަޅާ، އަދި ހަމައެއާއެކު ރަޖިސްޓްރީ ކުރެވޭނެ މުއްދަތާއި މިނިސްޓްރީގެ ދަފުތަރުން ޖަމިއްޔާގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ އުސޫލުތައް މިއަދު އާންމު ކުރި ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ.

ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތަކާއި ފިޔަވަޅު އަޅާނެ ގޮތްތަކާއި، ރަޖިސްޓްރީ ކުރެވޭ ޖަމިއްޔާތަކުގެ މަސްއޫލިއްޔަތުތަކާއި ސުލޫކީ މިންގަނޑުތައް ވެސް ގަވާއިދުގައި ހިމަނާފައިވެ އެވެ.

ހަމައެއާއެކު ގަވާއިދު ތަންފީޒު ކުރަން ފަށާތާ ދެ މަސް ދުވަހުގެ ތެރޭގައި އިމާރާތްކުރުމުގެ ދާއިރާ ތަމްސީލު ކުރާ ޖަމިއްޔާތަކުގެ ދަފުތަރެއް މިނިސްޓްރީން އެކުލަވާލައި އާންމުކުރަންޖެހޭނެ ކަމަށްވެސް ގަވައިދުގައިވެ އެވެ.

އިމާރާތްކުރުމުގެ ދާއިރާގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށްޓަކައި އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން 13 ގަވާއިދެއް ޕްލޭނިން މިނިސްޓްރީން އެކުލަވާލަން ޖެހިފައިވާއިރު،ގަވާއިދުތައް ހެދުމުގެ ގޮތުން ސަރުކާރާއި އިމާރާތް ކުރުމުގެ ދާއިރާގައި ހިމެނޭ ފަރާތްތަކާ ގުޅިގެން ބައްދަލުވުންތަކެއް ވެސް ވަނީ ބާއްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް