އައިޖީއެމްއެޗަށް ނަރުހުން ހޯދަން އިއުލާން ކޮއްފި

އައިޖީއެމްއެޗަށް 34 ނަރުހުން ހޯދަން އިއުލާން ކޮށްފި އެވެ. ނަރުހުންގެ ތިން ރޭންކަކަށް 34 ނަރުހުން ބޭނުންވާ ކަމަށާއި މި މަގާމުތަކަށް ހޮވޭ ފަރާތްތަކަށް މަހަކު 9060 ރުފިޔާ އާއި 9210 ރުފިޔާ އާއި ދެމެދުގެ މ...

17 Mar 2019 | 06:49

އައިޖީއެމްއެޗަށް 34 ނަރުހުން ހޯދަން އިއުލާން ކޮށްފި އެވެ.

ނަރުހުންގެ ތިން ރޭންކަކަށް 34 ނަރުހުން ބޭނުންވާ ކަމަށާއި މި މަގާމުތަކަށް ހޮވޭ ފަރާތްތަކަށް މަހަކު 9060 ރުފިޔާ އާއި 9210 ރުފިޔާ އާއި ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް އައިޖީއެމްއެޗުން ކޮއްފައިވާ އިއުލާނެއްގައި ބުނެފައިވެއެވެ.

އަދި ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކު ސާވިސް އެލަވަންސްގެ ގޮތުގައި 188 ރުފިޔާ ލިބޭނެ ކަމަށާއި، މީގެއިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެ ކަމަށްވެސް އިއުލާނުގައިވެ އެވެ.

މި މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ނާސިންގެ ދާއިރާއިން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.

އައިޖީއެމްއެޗުން ބުނީ މިމަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރު 1:30ގެ ކުރިން އައިޖީއެމްއެޗްގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ކަމާ ގުޅޭ ލިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އަދި ކުރިމަތިލާ ފަރާތްތަކާ އިންޓަވިއު ކުރުން އޮންނާނީ މިމަހުގެ 31 ވަނަ ދުވަހާއި ކުރިއަށް އޮތް އޭޕްރީލް މަހުގެ 11 ވަނަ ދުވަހާ ދެމެދުގެ ދުވަހެއްގައި ކަމަށްވެސް އިއުލާންގައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް